
”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ގެ މެޗު ޝެޑިއުލް ނެރެ އާންމުކޮށްފި.
މިމަހުގެ 26 ވަނަ ދުވަހުގެރޭ ފަށާ ”އަދުރޭ ފުޓްސަލް ޗެލެންޖެ 2017“ ގެ މެޗު ޝެޑިއުލް އާންމުކޮށްފިއެވެ.
ޖުމްލަ 21 ޓީމު ވާދަކުރާ މި މުބާރާތުގެ މެޗު ޝެޑިއުލް އާންމުކުރި އިރު މި މުބާރާތުގައި ބައިވެރިވާ 21 ޓީމުގެ މި މުބާރާތުގައި ކުޅޭނީ 4 ގުރޫޕަކަށް ބަހަލައިގެންނެވެ.
އެގޮތުން މި މުބާރާތް ހުޅުވާ މެޗު އަންނަ ބުރާސްތަފި ދުވަހުގެ ރޭ 21:30 ގައި ކުޅެވޭއިރު ދެވަނަ މެޗުވެސް އެރޭ 22:30 ގައި ކުޅެވޭނެއެވެ.
އެގޮތުން 21:30 ގައި ކުޅެވޭ މުބާރާތް ހުޅުވާމެޗުގައި ބައްދަލުކުރާނީ އީވަލްސް އާއި ކ.ބޯލާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޯޅި އެސްސީ އާއި ޓީމް ފެއާ ޕްލޭ އެވެ.

އާންމު ފުޓްސަލް ގަވައިދާ އެއްގޮތަށް ކުރިޔަށްދާ މި މުބާރާތުގެ ގަވައިދު ބުނާގޮތުން ގްރޫޕް ސްޓޭޖުގައި ދެވަނަ ބުރަށް ގުނާނީ ޕޮއިންޓް އުސޫލުންނެވެ.
އަދި އާންމު ގަވައިދުގައިވާ ގޮތުން ޓީމަކަށްވެސް މެޗަކުން މޮޅުވެއްޖެނަމަ މޮޅުވި ޓީމަކަށް 3 ޕޮއިންޓް ލިބޭނެއެވެ. އަދި އެއްވަރުވެގެން ނިމިއްޖަނަމަ ކޮންމެ ޓީމަކަށްވެސް ލިބޭނީ އެއް ޕޮއިންޓެވެ. މެޗެއް ނުކުޅެ ދޫކޮށްލައިފިނަމަ އިދިކޮޅު ޓީމަށް 3 ޕޮއިންޓާއި ފައިދާ ދެގޯލާއެކުމެޗު ލިބޭނެއެވެ.
ނަތީޖާ ނެރެންޖެހޭ މެޗުތަކުން ،ސެމީފައިނަލް މެޗާއި ފައިނަލް މެޗު އެއްވަރުވެގެން ނިމިއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.
”އަދުރޭ ފުޓުސަލް ޗެލެންޖް 2017“ މިމަހުގެ 26 ގައި ފެށެން ތައްޔާރުވާއިރު މި މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކުންވެސް ދަނީ ވަރަށް ފޯރިއާއެކު މުބާރާތަށް ތައްޔާރުވަމުންނެވެ. އެގޮތުން ހުރިހާ ޓީމަކުންވެސް މިހާރުވަނީ ރަސްމީކޮށް ޕްރެކްޓިސް ފަށާފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.



