
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ބޫޓާން، އޮމާން އަދި ފަލަސްތީނު އެއް ގްރޫޕަކަށް
2019 ވަނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕްގެ، ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރަން ޖެހޭ ޓީމްތަށް ޔަގީންވެއްޖެއެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އަށް ލައްވާލާފައިވަނީ ގްރޫޕް ޑީ އެވެ. ގުރޫޕް ޑީ ގައި ހިމެނެނީ ރާއްޖޭގެ އިތުރުން ފަލަސްތީނާއި އޮމާން އަދި ބޫޓާންއެވެ.
ރާއްޖެ ހިމެނޭ މި ގުރޫޕުގެ މެޗުތަށް ކުޅެވޭވީ އަންނަ މާޗް މަހުގެ 28 ވަނަ ދުވަހުގައެވެ. އެގޮތުން ކޮލިފައިންގެ ފުރަތަމަ މެޗުގައި މާޗް 28 ވަނަ ދުވަހު ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗް ގައުމީ ފުޓްބޯޅަ ދަނޑުގައި ގައި ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ހަމަ އެ ދުވަހު އޮމާން އަމިއްލަ ދަނޑުގައި ބޫޓާނާ ދެކޮޅަށް ކުޅޭނެއެވެ.

ކޮލިފައިން ބުރުގެ އެންމެ ފަހު މެޗް އޮންނާނީ އަންނަ އަހަރުގެ މާޗު މަހު 27 ވަނަ ދުވަހު އެވެ.
މި ގުރޫޕްގައި ހިމެނޭ ހުރިހާ ޓީމަކީވެސް މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅެފައިވާ ގައުމު ތަކެވެ.
އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
އޭޝިއަން ކަޕަށް މިހާރުވެސް ކޮލިފައިވެފައިވާ ޓީމުތަކުގެ ތެރޭގައި ޖަޕާނާއި ދެކުނު ކޮރެޔާ އާއި ގަތަރު އަދި މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ، އޮސްޓްރޭލިއާ ހިމެނެއެވެ.
ސާކް ސަރަހައްދުގެ ގަދަ ބާރުގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ އަވަށްޓެރި އިންޑިއާ ލައްވާލާފައިވަނީ ގްރޫޕް އޭގައެވެ. މި ގުރޫޕުގައި އިންޑިއާއާއެކު ދެން ހިމެނެނީ މަކާއު އާއި މިޔަންމާގެ އިތުރުން ކްރިގިސްތާންއެވެ.



