
އަޓޫރޯ ވިޑާލް ޗެލްސީއާ ގުޅެނީ ؟!
ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުންއަންނަ ޗިލީގެ ތަޖުރިބާ މިޑްފީލްޑަރ އަޓޫރޯ ވިޑާލް އިނގިރޭސި ކުލަބު ޗެލްސީއަށް ބަދަލުވުމުގެ ވާހަކަތަށް ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.
މަސްހޫރު ކުޅިވަރު ނޫސް ”ދަ ސަން“ އިން މިކަމާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އަންްނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވިޑާލް ޗެލްސީއަށް ބަދަލުވުމަށް ތައްޔާރު ވަމުންއަންނަ ކަމަށާއި އެކަމާ ގުޅޭ މަސްވަރާތައްވެސް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށެވެ.
ވިޑާލް ޗެލްސީއާ ގުޅެނީ 38 މިލިއަން ޕައުންޑަށް ކަމަށާއި ވިޑާލް ޗެލްސީއާ ގުޅެން އެއްބަސްވެއްޖެ ނަމަ އަދި އިތުރަށްވެސް މުސާރަ ބޮޑުކޮށްދޭން އެ ކުލަބުން ބުނެފައިވާކަމަށްވެސް އެ ނޫހުގައި ނެރެފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.
ޗެލްސީން ވިޑާލް ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ަކަން މީޑިއާގައި އަޑު ފެތުރިފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕްގެ ގިނަ ކުލަބުތަކަކުން މަސައްކަތް ކުރަމުން ދާކަމަށްވެސް މީޑިއާއިން ޚަބަރު ފަތުރައެވެ.
ވިޑާލް އަންނަނީ ބަޔާން ގައިވެސް ރަނގަޅުކުޅުމެއް ދައްކަމުންނެވެ.



