ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި ބޫޓާން ބަލިކޮށް ރާއްޖެ ސެމީފައިނަލަށް ދަތުރުކޮށްފި.

1-3 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށް ހަތަރުވަނަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ރާއްޖޭގެ ގައުމީ އަންހެން ޓީމު ދަތުރުކޮށްފިއެވެ.

ރާއްޖެ މި މޮޅާއެކީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ ނޭޕާލްއެވެ. ނޭޕާލް ސެމީފައިނަލަށް ދަތުރުކުރީ   ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓައެކުގައެވެ.

މި މުބާރާތުގެ ސެމީފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނައަށްދާ ޓީމާއެވެ. ގްރޫޕް ބީގެ އެއްވަނައަށް ދާ ޓީމެއް އެނގިގެންދާނީ މިއަދު  އިންޑިއާ އާއި ބަންގްލަދޭޝް ކުޅޭ މެޗަށްފަހުއެވެ.

މުބާރާތުގެ ސެމީގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ  އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.