ނިއުރޭޑިއެންޓުން ޔުއެފާ ޕްރޯ ލައިސަންސްގެ ތިން ކޯޗަކު ޝޯޓް ލިސްޓް ކޮށްފި

 

އަންނަ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓަށް ގެންނަން މަސައްކަތް ކުރާ ޔޫއެއާ ޕްރޯ ލައިސެންސްގެ ތިން ކޯޗުން އެ ކުލަބުން ޝޯޓް ލިސްޓް ކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުޓްބޯޅަ އާސީޒަން ފެށެންވާއިރަށް ނިއުރޭޑިއެންޓަށް ގެންނަން ޝޯޓް ލިސްޓް ކޮށްފައިވާ ތިން ކޯޗުންނަކީ އިނގިރޭސި ވިލާތުގެ ކޯޗަކާއި ޖަރުމަނުގެ ކޯޗެއްގެ އިތުރުން ޕޯޗްގަލް ކޯޗެކެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިއުރޭޑިއެންޓްގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ އެކުލަބުން ޝޯޓް ލިސްޓް ކޮށްފައިވާ ތިން ކޯޗުންނަކީ ވެސް ފެންވަރުގެ ގޮތުން އެންމެ ރަނގަޅު ފެންވަރުގެ ކޯޗުންކަމަށާއި އެ ތިން ކޯޗުންގެ ތެރެއިން ނިއުގެ ކޯޗަކަށް ހަމަޖައްސާނީ ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ކޯޗަކަމަށެވެ.

މީގެ ކުރިން ޖަރުމަނަށް ނިސްބަތްވާ ތިން ކޯޗަކު ނިއުއަށް ކޯޗުކޮށްދީފައިވާއިރު ފާއިތުވި ތިން އަހަރުތެރޭ  އެޓީމުން ވަނީ ހަތް ކޯޗުން ބަދަލު ކޮށްފަ އެވެ.

މިކަމާ ގުޅިގެން ނިއާޒު ވިދާޅުވީ ޓީމާ އަލަށް ހަވާލުވާ ބޯޑުން ކުލަބަށް ދިމާވާ ހުރިހާ ކަމެއްވެސް ބަލާނެ ކަމަށާއި ކުލަބުގައި ކޯޗުން ހަރުނުލާ މައްސައަށްވެސް ހައްލެއް ގެންނާނެ ކަމަށެވެ.

އެގޮތުން މިފަހަރު ގެންނަ ޔޫއެފާ ޕްރޯ ލައިސަންސްގެ ކޯޗް ގިނަ ދުވަސްތަކެއް ވަންދެން ޓީމު ގައި ބަހައްޓަން މަސައްކަތް ކުރާނެކަމަށެވެ.

މީގެ އިތުރުން ނިއާޒް ވިދާޅުވީ ނިއު އިން ބޭރު ކޯޗާއި ބޭރު ކުޅުންތެރިން ގެންނަން ވަނީ ރާއްޖޭގެ ރެކޯޑް ބަޖެޓެއް ހަމަޖައްސާފަކަމަށާއި ހަމަ ޔަގީނުންވެސް ބިދޭސީ ކޯޗަކު ގެނައުމަށާއި ބިދޭސީ ކުޅުންތެރިން ގެނައުމަށް ރާއްޖޭގެ ކުލަބަކުން ނިއު އިން ކަނޑައަޅާފައިވާ ވަރުގެ ބަޖަޓެއް އެކުލަވާލާފައެއް ނުވާނެކަމަށެވެ.

ނިއު އިން މިހާރު ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެނައުމަށް ނިންމާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.