
”ކަނޑަކީ ރިޒްޤު އެތަނެއްގައި ލައްވާފައިވާ ބޮޑު ކަންޒެއް“ ހުކުރު ޚުޠުބާ
މިއަދުގެ ހުކުރު ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައިވަނީ ކަނޑަށެވެ. އެއީ މާތް ﷲ ގެ މަތިވެރި ޖަބަރޫތުކަމުގެ ވަރުގަދަ ހެކިތަކުން ހެއްކެތްކަމާއި ޢިބްރަތް ޙާޞިލް ކުރަން އެދޭ ބަޔަކަށް އެއީ ޢިބުރަތުން ފުރިގެން ވާތަނެއްކަންވެސް ހާމަކޮށްފަެިވެއެވެ.
ކަނޑުގެ ބިޔަ ރާޅުތަކާއި އޮއެވަރާއި ދިރޭތަކެއޗާއި މަސްމަހާމެހީގެ އިތުރުން އެތާނގެ ފުޅާމިނާ ފުންމިނަށް ބެލިކަމުގައިވިޔަސް އެއީ ހައިރާން ކުރަނިވި ތަނެކެވެ.
ސައިންސްވެރިން ބުނާގޮތުން ބިމުގެ ފަސްބައިކުޅަ ހަތަރުބައިގައި ވަނީ ފެނެވެ. މިފެނުގެ ތެރޭގައި އެކި ކުލަކުލައިގެ އެކި ސިފަ ސިފައިގެ މަސްމަހާމެހި ލައްވާފައި ވެއެވެ. އެއިން ކޮންމެ އެއްޗަކީ ޙާލިޤުވަންތް ﷲ ގެ ކުޅަދުންވަންތަކަން ހާމަ ކޮށްދޭ އެއްޗެއްކަންވެސް ބަޔާންކޮށްފައި ވެއެވެ . އަދި އެއީ އިންސާނާ ގެ ރިޒްޤު އެތަނެއްގައި ލައްވާފައިވާ ބޮޑު ކަންޒެއްކަމެވެ.
ކަނޑަކީ މަންޒަރު ރީތި ތަނެއްކަމުގައި ލެއްވި ފަދައިން ބިރުވެރިވެސް ތަނެއްކަމާއި ކަނޑުގެ ފެން ޠާހިރު އެއްޗެއްގެ ގޮތުގައި ލައްވާފައިވާކަމާއި ކަނޑުގެ މުޅަ ތަކެތި ޙަލާލުކަމުގައިވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްދީފައިވެއެވެ.
ޢިބުރަތުން ފުރިފައިވާ މިއަދު ހުކުރު ޚުޠުބާ ނިންމާލައިފައިވަނީ މަސްވެރިންނަށް ނުހަނު ރިވެތި ޢިބަރްތްތަކެއްދީފައެވެ.



