ބަހާއި ޢަމަލުގައި އިޚްލާޞްތެރިވުމާއި ނިޔަތްގަތުމުގެ މުހިންމުކަން

ޢަޅުގަނށު މެންނަށް ކުރެވޭ ހެޔޮ ޢަމަލަކީ އެއްިން އެއްވެސް މިންވަރެއް މަދުވުމަށް އެދޭނެ ޢަމަލު ތަކެއް ނޫނެވެ.

އެހެން ކަމުން އަޅުގަނޑުގެ އަމިއްލަ ނަފްސަށާޢި ހުރިހާ އެންމެގެ ހަނދާން އާ ކޮށްލުކުގެ ގޮތުން ކުޑަ މިންވަރެއް ޙިއްޞާކޮށްލާނަަމެވެ،

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ޢަމަލުތައް ތަފާތުކޮށްދޭ އެއްޗަކި ނިޔަތެވެ. ހެޔޮ ޢަމަލު ޤަބޫލު ކުރެއްވުމުގެ ދެ ޝަރުތެއް ވެއެވެ. އެއީ އިޚްލާޞްތެރިވުމާއި ރަސޫލާ އުނގަންނައިދެއްވި ގޮތަށް އެކަމެއް ކުރުމެވެ.

ދެންމި ބަލާލަނީ މިކަމާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ބައެއް އާޔަތްތަކަށެވެ.

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴿٥﴾ سورة البينة

މާނަ:

باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ.

قُلْ إِن تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّـهُ ۗ  سورة آل عمران

މާނަ:

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ.

لَن يَنَالَ اللَّـهَ لُحُومُهَا وَلَا دِمَاؤُهَا وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ سورة الحج

މާނަ:

އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ.

މިކަމާ ގުޅުން ހުރި ބައެއް ޙަދީޘް ތަކަށް ބަލާލާއިރު

عن عمر بن الخطاب – رضي الله عنه – قال: سمعت رسول الله – صلى الله عليه و سلم – يقول: { إنما الأعمال بالنيات، وإنما لكل امرئٍ ما نوى، …. } متفق عليه

މާނައީ: ޢުމަރު ބުނުލް ޚައްޠާބު – رضي الله عنه – ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ހަމަކަށަވަރުން ޢަމަލު ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ….”

އެހެން ޙަދީޘެއްގައި ވެއެވެ.

إِنَّ الله لا يَنْظُرُ إِلى أَجْسامِكْم، وَلا إِلى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ “

މާނަ:

ހަމަކަށވަރުން ތިޔބައި މީހުންގެ ހަށިގަނޑަކަށް ނުވަތަ ޞޫރައަކަށް ﷲ ބައްލަވާވޮޑިގެނެއް ނުވެއެވެ. އެހެންނަމަވެސް ﷲ ބައްލަވާ ވޮޑިގެންވަނީ ތިޔަބައި މީހުންގެ ހިތްތަކަށެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ﷲ އަށް ނިޔަތް ޚާލިޞްކޮށް ރަސޫލާ އެންގެވި ގޮތަށް ހެޔޮ ޢަމަލުކުރާ ބަޔަކު ކަމުގައި ލައްވާށިއެބެ އާމީން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.