މުޒާހަރާކުރި މީހުން ކޮންޓްރޯލްކުރުމަށް އިންޑިއާ ފުލުހުން ފެންބަޑި ޖަހައިފި

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހަރިޔާނާގައި އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސްގެ އެކްޓިވިސްޓުން މެޓާގެ އޮފީސް ދޮށުގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ފެންބަޑި ބޭނުންކޮށްފި އެވެ.

މި މުޒާހަރާއަކީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މެޓާއިން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮންގްރެސް ޕާޓީގެ ޒުވާނުންގެ ގޮފިން މެޓާގެ އޮފީސް ދޮށުގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މެޓާއިން އަމަލުކުރަމުންދަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަށް ފައިދާވާނެ ގޮތަށެވެ.

މިއީ ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި ކަމަށްވާ މެޓާގެ އެންމެ ބޮޑު މާކެޓްގައި އެ ކުންފުންޏަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މެޓާއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން އިންޑިއާގައި ކޮންޓެންޓްތައް ހިފަހައްޓަނީ އެ ޤައުމުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މުޒާހަރާތަކާ ގުޅޭގޮތުން މެޓާއިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް ކޮންގްރެސް ޕާޓީއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނިން ހުރިހާ ސިޔާސީ ޕާޓީތަކަކާ މެދުގައި ވެސް ގެންގުޅެނީ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ކަމަށް ބުނެފައިވާ ކަމަށް މިކަމާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތުދެ އެވެ.

އިދިކޮޅު ޕާޓީގެ ޒުވާނުންގެ ގޮފިން ވަނީ މެޓާ އާއި އިންޑިއާ ސަރުކާރާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ.

މި ދައުވާއަކީ ވަކިވަކި ޕޯސްޓްތައް ނެގުމަށް އަންގާ އެންގުންތަކާ އެކު އޮޓޮމެޓިކުން އެފަދަ އެހެން ޕޯސްޓްތައް ވެސް ފޮހެލެވޭ ގޮތަށް ހަދާފައިވާ ގަވާއިދެއް ބާތިލުކުރުމަށް އެދި ހުށަހަޅާފައިވާ ދައުވާއެކެވެ.

ގުރޫގްރާމްގައި ހުންނަ މެޓާގެ އޮފީސް ދޮށުގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ފެންބަޑި ޖަހައި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ނުތާހިރު ފެން ޖަހާފައިވާ ކަމަށް ކޮންގްރެސްގެ ޒުވާނުންގެ ގޮފިން އެކްސްގައި ހާމަކޮށްފައިވެ އެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ މީހުންނާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުންކުރާ ކަމަށް ވެސް އެ ފަރާތުން ތުހުމަތުކުރެ އެވެ.

ރޮއިޓާސްގެ ނޫސްވެރިއަކު މައުލޫމާތު ދިން ގޮތުގައި ފުލުހުން ވަނީ މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކުރުމަށްފަހު ފަހުން ދޫކޮށްލާފަ އެވެ.

ކޮންގްރެސް ޕާޓީން ގަބޫލުކުރާ ގޮތުގައި އަންނަ އަހަރު ބާއްވާ ސްޓޭޓް އިންތިހާބުތަކުގެ ކެމްޕޭނުގައި ފޭސްބުކް އަދި އިންސްޓަގްރާމަކީ ވަރަށް މުހިންމު ވަސީލަތްތަކަކަށް ވާއިރު މިހާރު ގެންގުޅޭ ހިފެހެއްޓުންތަކުގެ ސަބަބުން އެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.