އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކުގައި އީރާނުން ސްޓާލިންކް ބޭނުންކޮށްފައިވާ ކަމަށް ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފި

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގައި ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ސެޓަލައިޓް އިންޓަރނެޓްގެ ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށް ވޮޝިންގޓަން ޕޯސްޓުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފި އެވެ.

ކުންފުނީގެ އެތެރޭގެ މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ ދެ ފަރާތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި ހުއްދަ ނެތި ދެ ފަހަރެއްގެ މަތިން ސްޓާލިންކް ބޭނުންކޮށްފައިވާކަން އެނގުމުން ސްޕޭސް އެކްސްގެ ސީ.އީ.އޯ އެލޮން މަސްކް ވަނީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއީ އެމެރިކާ ސިފައިންނާ ދެކޮޅަށް އީރާނުން ކުރާ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ކަމަށް މަސްކްގެ ޓީމުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އެމެރިކާ ސިފައިން ”ސްޓާޝީލްޑް“ ގެ ނަމުގައި ހިންގާ ސްޓާލިންކްގެ އަސްކަރީ ވަސީލަތް ބޭނުންކޮށްގެން ވަން-ވޭ ޑްރޯންތައް އުދުއްސާފައިވާ ކަމުގެ މަޢުލޫމާތުވެސް މަސްކަށް ލިބިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ނަމަވެސް މި ޑްރޯންތައް އުދުއްސާފައިވަނީ އެއްގަމު އޮޕަރޭޝަންތަކަށް ޚާއްޞަކޮށްފައިވާ އަގުހެޔޮ ޕްލޭނެއްގެ ދަށުން ކަމަށްވެސް އެ ނޫހަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.

އީރާނުގެ އަސްކަރިއްޔާއިން ސްޓާލިންކް ބޭނުންކުރާ ގޮތުގެ ތަފްޞީލް ހިމެނޭ ސިއްރު ރިޕޯޓެއް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް އަރުވާފައިވާ ކަމަށްވެސް ވޮޝިންގޓަން ޕޯސްޓުންބުނެ އެވެ.

ނަމަވެސް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ރޮއިޓަރސްއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އެ މައުޟޫޢާ ގުޅޭ ގޮތުން ޑިފެންސް ސެކްރެޓަރީގެ އޮފީހަށް އެފަދަ ރިޕޯޓެއް ލިބިފައިވާކަން އެނގިފައިނުވާކަމަށެވެ.

ދުނިޔޭގެ ސިޔާސީ ހަމަނުޖެހުންތައް ހުރި ސަރަޙައްދުތަކުގައި ސްޓާލިންކް ބޭނުންކުރުމާއި އެމެރިކާ ސަރުކާރުގެ ކޮންޓްރޯލް އޮތް މިންވަރާއި އަދި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޣައިރުޤާނޫނީ ގޮތެއްގައި މި ޚިދުމަތް ބޭނުންކުރުމާ ގުޅޭގޮތުން ޔޫކްރެއިން އަދި އީރާނުގެ ހަނގުރާމައިގެ މާހައުލުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފާރަވެރިވާން ފަށާފަ އެވެ.

ސްޓާލިންކަކީ އީރާނުގައި ޚިދުމަތް ދިނުމުގެ ލައިސަންސް އޮތް ކުންފުންޏެއް ނޫނެވެ.

ނަމަވެސް އެ ޤައުމުގައި މި ޚިދުމަތް ހަރަކާތްތެރިވަމުންދާ ކަމަށް މަސްކް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނުއަރީ މަހު އީރާނުގައި ހިނގި ފުރާނައަށް ނުރައްކާވި މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން އާންމުންނަށް އިންޓަރނެޓް ކަނޑާލުމުން އެމެރިކާ ސަރުކާރުން ވަނީ ސިއްރިއްޔާތުގައި އެތައް ހާސް ސްޓާލިންކް ޓާމިނަލްތަކެއް އީރާނަށް އެތެރެކޮށްފަ އެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާއެކު މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށި ފަހުން އީރާނު ސަރުކާރުން ދަނީ އިންޓަރނެޓްގެ ޚިދުމަތް ވަރަށް ވަރުގަދައަށް ކޮންޓްރޯލް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.