ބުދަ ދުވަހު ރިޔާޟުގެ ތެރޭގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ރެޑް ސީ ޕޯޓްތައް ކަމަށްވާ ޖިއްދާ އާއި ޖީޒާންއަށް ދިން ހަމަލާތަކާއެކު، ބުދަ ދުވަހު ރިޔާޒުގެ ތެރޭގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި އެވެ.

މިއީ ސަޢޫދީގެ ދިފާއީ ގާބިލުކަމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޫތީން ބުނާ ގޮތުގައި މި ދެ ބަނދަރަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް ސަޢޫދީ ކޯލިޝަނުން ބުނެފައިވަނީ ޖީޒާން ބަނދަރަށް ހަމަލާއެއް އަމާޒުވި ކަމަށާއި އޭގެ ސަބަބުން ލިބުނީ ކުޑަ ގެއްލުމެއް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ.

މި ހަމަލާތައް ދީފައިވަނީ ސަޢޫދީގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ކަމަށްވާ ރަސް ތަނޫރާއަށް ދިން ހަމަލާއަކަށް ފަހުގަ އެވެ.

ކޮމޮޑިޓީ މާކެޓްތަކާ ބެހޭ ޚަބަރުތައް ފަތުރާ އާގަސް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫތީން ވަނީ އެ ކާރުޚާނާގެ ތެޔޮ ސާފުކުރާ ބަޔަށާއި ބޭރަށް ތެޔޮ ފޮނުވާ ޓާމިނަލަށް ކާމިޔާބު ދެ ހަމަލާއެއް ދީފަ އެވެ.

ހޫތީން ބުނާ ގޮތުގައި ރަސް ތަނޫރާއަށް ހަމަލާދިނީ އެ ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ހުދައިދާ ބަނދަރަށް ސަޢޫދީން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުންނެވެ.

ޢަރަބި އަދި ހުޅަނގުގެ އޮފިޝަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހޫތީން ފޮނުވާލާ ގިނަ މިސައިލްތަކާއި ޑްރޯންތައް ސަޢޫދީން ވައްޓާލި ނަމަވެސް ހަކަތަ އުފައްދާ މަރުކަޒުތަކާއި މާލީ އިދާރާތަކާއި އެއާޕޯޓްތައް ފަދަ މުހިންމު ތަންތަން ހިމާޔަތްކުރުމުގައި ވަނީ ނުކުޅެދިފަ އެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އެމެރިކާ އާއި ސަރަހައްދީ ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާފަ އެވެ.

މިގޮތުން މިޞްރު، ޕާކިސްތާން، ތުރުކީ އަދި ސީރިއާ އިން ވަނީ ސަޢޫދީއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފަ އެވެ.
ނަމަވެސް ޑްރޯން އޮޕަރޭޓަރުން ފޮނުވި ސީރިއާ ފިޔަވައި އެހެން ޤައުމުތަކުން ފޯރުކޮށްދެނީ ހަމައެކަނި ދިފާއީ އެހީތެރިކަމެވެ.

ވޭތުވެދިޔަ ހަފުތާގައި ވަލީއަހުދު ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޗީފް އެޑްމިރަލް ބްރެޑް ކޫޕަރާ ބައްދަލުކުރައްވާފަ އެވެ.

ޖުލައި މަހު ހޫތީންނާއެކު ހަނގުރާމަ އަލުން ފެށުނު ފަހުން މިއީ މި ދެ ބޭފުޅުން ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.

ސަޢޫދީއަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެމެރިކާގެ ސިފައިންނާއި މުޝީރުން ސަޢޫދީގައި ތިބި ނަމަވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަން އެ ޤައުމުން ރަސްމީކޮށް އަދި ހާމަކޮށްފައެއްނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.