އިންޑިއާގެ އެއްވެސް ދާއިރާއެއްގައި އުފެއްދުންތެރިކަން އިތުރުވެފައެއް ނުވޭ

އެމެރިކާއިން އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ އެއްވެސް ދާއިރާއެއްގައި އުފެއްދުންތެރިކަން އިތުރުވެފައި ނުވާކަމަށް އެ ގައުމުން ބުނެފި އެވެ.

އެމެރިކާއިން ވިޔަފާރީގެ މުހިންމު 14 ބައިވެރިއަކަށް އަމާޒުކޮށް އާ ޓެރިފްތަކެއް ކަނޑައެޅުމާ ގުޅިގެން އިންޑިއާއިން ބުދަ ދުވަހު ބުނީ އެ ޤައުމުގެ އެއްވެސް ސިނާއަތެއްގައި އުފެއްދުންތެރިކަން އިތުރުވެފައި ނުވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ އެއްބަސްވުން ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިންޑިއާއިން ބުންޏެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އިން ސެކްޝަން 301 ގެ ތަހުގީގާ ގުޅިގެން ނެރުނު ނޯޓިސްއަށް ސަމާލުކަން ދީފައިވާ ކަމަށާއި އެ ނޯޓިސް މިހާރު ދިރާސާކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުދަ ދުވަހު ވަނީ ބައެއް މުދާތަކުން ނަގާ ޑިއުޓީ %20 އާއި %40 އާ ދެމެދުގެ މިންވަރަކަށް ބޮޑުކުރުމަށް ހުށަހަޅާފަ އެވެ.

ނަމަވެސް މިހާރު ސޮއިކޮށްފައިވާ ނުވަތަ މަޝްވަރާ ކުރެވެމުންދާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން ކަނޑައެޅިފައިވާ ދަށް ރޭޓްތަކަށްވުރެ ޑިއުޓީ ބޮޑުނުވާނެ ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.