
ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި ރޯވި އަލިފާން، އެފްއާރުއެސްއިން ނިއްވާލައިފި
ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިރޭ ހެނދުނު 06:05 ހާއިރު ލިބުމާ އެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 06:21 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރަތަށް އެކިވަރުގެ ގެއްލުން ލިބުނުނަމަވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.



