އެމެރިކާއިން ޗައިނާއަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، މެލޭޝިޔާއިން ޗައިނާއާއެކު ބާއްވާ ގުޅުމަށް ބަދަލެއް ނާންނާނެ – ބޮޑުވަޒީ ރުއަންވަރު

އެމެރިކާއިން ޗައިނާއަށް އަމާޒުކޮށް އަޅާފައިވާ ޗިޕްގެ ހުރަސްތަކުގެ ސަބަބުން، މެލޭޝިޔާއިން ޗައިނާއާއެކު ބާއްވާ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބޭނުންވާ ކުރިއަރާފައިވާ ޗިޕްތައް ޗައިނާއިން ބޭނުންކުރުން ހަނިކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ ސަރުކާރާއި އެޤައުމުގެ ކުންފުނިތަކާއެކު މަސައްކަތް ކުރުމަށް މެލޭޝިޔާއިން ކުރާ މަސައްކަތްތަކަށް ހުރަހެއް ނޭޅޭނެ ކަމަށް އަންގާރަ ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވި އެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓަށް ދެއްވި މި އިންޓަވިއުގައި އަންވަރު ވިދާޅުވީ މެލޭޝިޔާއަކީ ވަކި ޤައުމަކަށް ބުރަވާ ޤައުމެއް ނޫން ކަމަށާއި ނަމަވެސް ސަގާފީ އަދި ސަރަހައްދީ ގުޅުންތަކުގެ ސަބަބުން ޗައިނާއާއެކު މުއާމަލާތް ކުރުން އާންމުކޮށް ފަސޭހަ ކަމަށެވެ. އަދި ކުއާލަލަމްޕޫރުން އެމެރިކާއާއެކު ބާއްވާ ގުޅުމާ މެދު ނުވަތަ ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާއާއެކު ކުރާ މަސައްކަތްތަކާ މެދު ޗައިނާއިން އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ޗައިނާއާއެކު އޮންނަ ގާތް ގުޅުމުގެ ސަބަބުން އެމެރިކާއާއެކު އޮންނަ ގުޅުމަށް ބަދަލެއް ނާދޭ. އަދި ޗައިނާއަށްވެސް އެކަން ވިސްނޭ. އަޅުގަނޑު ޗައިނާއަށް ބުރަވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން،“ އަންވަރު ވިދާޅުވި އެވެ.

މި އިންޓަވިއުއަކީ މިދިޔަ ހަފުތާގައި ޝެންޒެންގައި އޮތް އޭޕެކް ސަމިޓުގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ކުރިން ދެއްވި އިންޓަވިއުއެއް ކަމަށް އެ ނޫހުން ރިޕޯޓުކުރެ އެވެ.

އެމެރިކާގެ އާ ޤަވާޢިދުތަކުގެ ދަށުން މެލޭޝިޔާ، ސިންގަޕޫރު އަދި ތައިލެންޑް ފަދަ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ފޮނުވާ ކުރިއަރާފައިވާ ޗިޕްތައް ވަނީ ހަނިކޮށްފަ އެވެ.

މިއީ ޗައިނާގެ ކުންފުނިތަކުން އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ.

އަންވަރު ވިދާޅުވީ އެމެރިކާއަށް ނިސްބަތްވާ ކުންފުނިތަކުން ޗައިނާއަށް ޗިޕް ފޮނުވާތޯ މެލޭޝިޔާއިން ބަލާނެ ކަމަށާއި ހަމައެފަދައިން ޗައިނާގެ ކުންފުނިތަކުންވެސް ބެއިޖިންގްގެ ޤަވާޢިދުތަކަށް އަމަލުކުރޭތޯ ބަލާނެ ކަމަށެވެ.

”ވަކި ކުންފުންޏަކަށް ޗައިނާއަށް އެކްސްޕޯޓް ނުކުރެވޭނެ ކަމުގެ ޝަރުތެއް ކަނޑައަޅާފައިވާނަމަ އެއީ އެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއް ކަމުން އަޅުގަނޑުމެން އެކަމަށް އިހުތިރާމް ކުރާނަން. ނަމަވެސް އެކަމުގެ ސަބަބުން ޗައިނާގެ އިންވެސްޓްމަންޓްތަކާއެކު ނުވަތަ ޗައިނާގެ ކުންފުނިތަކާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން ނިންމާ ނިންމުންތަކަކަށް ހުރަހެއް ނޭޅޭނެ،“ އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެލޭޝިޔާގެ ސަޕްލައި ޗެއިން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމަށް އެދޭ ބޭރުގެ އިންވެސްޓަރުންގެ އަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ”އަޅުގަނޑުމެންގެ އެހީތެރިކަން ބޭނުންނަމަ، އެއަށް ފައިސާ ދައްކަން ޖެހޭނެ. ވިޔަފާރީގެ މުއާމަލާތްތަކުގައި އަޅުގަނޑުމެން މިހާރު މިދަނީ ހޭލުންތެރިވަމުން.“ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.