ބިސްލޭރީ ފެނުގައި ނުރައްކާތެރި މާއްދާއެއް

އިންޑިއާގައި ބަންދުކޮށްފައި ހުންނަ ބޯފެން އުފައްދާ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ ބިސްލޭރީ އިންޓަނޭޝަނަލްގެ ފެން ސާމްޕަލެއްގައި ރައްކާތެރިނޫން މާއްދާތަކެއް ހުރުމުން އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް ދާން އިންޑިއާގެ ފުޑް ރެގިއުލޭޓަރީ އިދާރާއިން ނިންމައިފި އެވެ.

ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑްސް އޮތޯރިޓީ އޮފް އިންޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ބިސްލޭރީގެ ކާރުޚާނާއިން ނެގި ސާމްޕަލްތަކުން ވަނީ ފެން ސާފުކުރުމުގެ ތެރޭގައި އުފެދޭ ކެމިކަލެއް ކަމަށްވާ ’ބްރޯމޭޓް‘ ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް ހުރިކަން ފާހަގަކުރެވިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނިންމުން ބިސްލޭރީން އިސްތިއުނާފު ކުރުމާ ގުޅިގެން އެހެން ލެބޯޓްރީއަކުން ކުރި ތަހުލީލުތަކުން ވެސް ވަނީ އެ ފެނަކީ ރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުވެފަ އެވެ.

އެގޮތުން ދެވަނަ ތަހުލީލުން ފެނުގެ ތެރޭގައި ’ޕޮލީނިއުކްލިއަރ އެރޮމެޓިކް ހައިޑްރޯކާބަންސް‘ ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

އިންޑިއާގެ ބަންދުކުރި ފެނުގެ ބާޒާރުގައި ބިސްލޭރީއަކީ ޕެޕްސީކޯގެ ’އަކުއަފީނާ‘ އަދި ކޮކާކޯލާގެ ’ކިންލީ‘ އާ ވާދަކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

މި އަހަރުގެ ތެރޭގައި އިންޑިއާގެ ފުޑް ރެގިއުލޭޓަރީ އިދާރާއިން އަންނަނީ ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތައް ބަލައި ފާސްކުރުން ވަރުގަދަކުރަމުންނެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ނެސްލޭ ކުންފުނީގެ ކުޑަކުދިންގެ ކާނާގެ ސާމްޕަލެއް ފެއިލްވުމާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް ވެސް ވަނީ ޤާނޫނީ ފިޔަވަޅު އަޅަންފަށާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.