
އެކަށީގެންވާ ވަރަށް ފެން ބޮވޭތަ؟
ކެލޮރީ އެތެރެވާ މިންވަރު ކޮންޓްރޯލްކޮށްދީ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ފެންބޮވުމަކީ ގިނަ ފަހަރަށް ބަނޑުހައިވުން ކަމަށް ހީކުރެވި އޭގެ ސަބަބުން ކެވޭ މިންވަރު އިތުރުވެ ކެލޮރީ ގިނަވެ އެވެ.
ނޭޝަނަލް އެކަޑަމީ އޮފް މެޑިސިންއިން ލަފާދެނީ ފިރިހެނުން ދުވާލަކު 3.7 ލިޓަރު (15.6 ތަށި) އަދި އަންހެނުން ދުވާލަކު 2.7 ލިޓަރު (11.4 ތަށި) ފެން ބުއިމަށެވެ.
މަސްދަރު: ނޭޝަނަލް އެކަޑަމީ އޮފް މެޑިސިން.
އެކަށީގެންވާ ވަރަށް ފެން ބޮޮވޭނަމަ ހުޅުތަކުގެ ދޫކަމާއި ރައްކާތެރިކަން ދަމަހައްޓައިދީ ކަސްރަތު ކުރާއިރު ހީވާގިކަން އިތުރުކޮށްދެ އެވެ.
ފެން މަދުވުމުގެ ސަބަބުން ކަސްރަތު ކުރާއިރު ވަރުބަލިވުމާއި ފޫހިވުމުގެ އިތުރުން ހަރަކާތްތެރިވާން އުނދަގޫވެ އެވެ.
އެކަށީގެންވާ ވަރަށް ފެން ބޮޮވޭނަމަ ސިކުނޑީގެ ހޭލުންތެރިކަން އިތުރުކޮށްދީ ކުރު މުއްދަތުގެ ހަނދާނާއި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށްދެ އެވެ.
ފެން މަދުވުމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދިނުމަށް ހުރަސްއެޅި ހަނދާން ބަލިވުމާއި ރުޅިގަދަވެ ހާސްވާގޮތް މެދުވެރިވެއެވެ.
ހަށިގަނޑުގައި ފެން ހުރި މިންވަރު ދެނެގަނެވޭނެ ދެ ގޮތަކީ ފެންބޮވުން އިހުސާސްވުމާއި ކުޑަކަމުދާ ތަކެތީގެ ކުލައެވެ.
ފެންބޮވުން އިހުސާސް ނުވާނަމަ އަދި ކުޑަކަމުދާ ތަކެތީގެ ކުލަ މަޑު ރީނދޫ ނުވަތަ ސާފުކޮށް ހުރިނަމަ އެއީ ހަށިގަނޑުގައި ފެން ހުރި މިންވަރު ރަނގަޅުކަމުގެ ނިޝާނެކެވެ.
މަސްދަރު: ޔޫ.އެސް ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން
އެކަށީގެންވާ ވަރަށް ފެން ބޮޮވޭނަމަ ލޭގެ ހިނގުން ފަސޭހަކޮށްދީ ހިތުގެ މަސައްކަތް ލުއިކޮށްދިނުމާއެކު މަސްތަކަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމަށް އެހީތެރިވެދެ އެވެ.
ހަށިގަނޑުން ފެން މަދުވުމުން ހިތަށް ބާރުބޮޑުވެ ލޭ ދައުރުކުރުމަށް އުނދަގޫވެ އެވެ.
އެކަށީގެންވާ ވަރަށް ފެން ބޮޮވޭނަމަ ކުޑަކަމުދާ ނިޒާމު ދުޅަހެޔޮކޮށްދީ އިންފެކްޝަންތަކުން ރައްކާތެރިކޮށްދެއެވެ.
ފެން މަދު ނަމަ ކުޑަކަމުދާ ތަކެތީގައި ހުންނަ ލޮނާއި މިނަރަލްސްތައް ގަނޑުވެ ވޭންދެނިވި ގޮތަކަށް ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވެއެވެ.
ކެކުރި، ކަރާ، އާފަލު، ބްރޮކޮލީ އަދި ކެރެޓު ފަދަ ގިނައިން ފެން އެކުލެވޭ ތަރުކާރީއާއި މޭވާއަކީވެސް ދުވާލަކު ބޭނުންވާ ފެނުގެ މިންވަރު ފުރިހަމަކުރުމަށް އެހީތެރިވެދޭ ތަކެއްޗެވެ.
ފެން ރަނގަޅު ނަމަ ހަޖަމުކުރުމުގެ ނިޒާމު ފަސޭހަކަމާއެކު ހިނގުމަށް އެހީތެރިވެދެއެވެ.
ފެން މަދުވުމުން ހަށިގަނޑުން ބޮޑުކަމުދާ ތަކެތީގައި ހުންނަ ފެން ދަމައިގަނެ ބޮޑުކަމުދާން އުނދަގޫވެ ބަނޑުހަރުވާގޮތް މެދުވެރިވެ އެވެ.
ހައިޕޯނެޓްރީމިއާ (Hyponatremia) ނުވަތަ ފެން ގިނަވެގެން ވިހަވުމަކީ ހަށިގަނޑަށް ބޭރު ނުކުރެވޭ ވަރަށް ފެން ބުއިމުގެ ސަބަބުން ލޭގައި ހުންނަ ލޮނުގެ މިންވަރު ނުރައްކާތެރި މިންވަރަކަށް ދަށްވުމެވެ.
މަސްދަރު: ބީ.އެމް.ޖޭ
ފެން ރަނގަޅަށް ބޮވޭނަމަ ބޮލުގައި ރިއްސުން ހުންނަ ވަގުތާއި އޭގެ ތަދު ކުޑަކޮށްދޭކަން ސާބިތުވެފައިވެ އެވެ.
ފެން މަދުވުމަކީ މައިގްރޭން ނުވަތަ ބޮލުގެ އެއްފަރާތުގައި ރިއްސުން ކުރިމަތިކުރުވާ ކަމެކެވެ.
ރަނގަޅަށް ފެން ބުއިމަށް ކުރެވިދާނެ މުހިންމު ބައެއް ކަންކަން
- އަބަދުވެސް ފެންފުޅިއެއް އަތުގައި ބެގެންގުޅުން
- ބޭރުން ކާއިރު ބުއިމަކަށް ފެން އިޚްތިޔާރުކުރުން
- ކޮންމެ ކެއުމަކާއި ނާސްތާއަކާއެކު ފެން ބުއިން
- ގިނައިން މޭވާއާއި ތަރުކާރީ ކެއުން



