ސްކޭމްގެ 38 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ގެއްލުނު ފައިސާގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

2026 ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ގެއްލުނު 630,573.34 ރުފިޔާގެ ތެރެއިން 402,658.34 ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބު

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

38 މައްސަލަ

8–14 ނޮވެމްބަރު 2026

ޖުމްލަ ގެއްލުނު ފައިސާ630,573.34ރުފިޔާ
އަނބުރާ ހޯދުނު ފައިސާ402,658.34ރުފިޔާ
އަނބުރާ ހޯދުނު އިންސައްތަ63.9%
އަނބުރާ ހޯދުނު: 63.9%ނުހޯދެ: 36.1%
އަނބުރާ ނުހޯދުނު ފައިސާMVR 227,915.00

ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން ރިޕޯޓުކުރެވުނު 38 މައްސަލައިގެ ތެރޭގައި ހިނެނީ::

8–14 ނޮވެމްބަރު 2026

ރިޕޯޓުކުރެވުނު ސްކޭމްގެ މައްސަލަތައް

އީ-ކޮމާސް / އޮންލައިން ވިޔަފާރި13

ހުއްދަނެތި ހިންގި މުއާމަލާތްތައް9

ބުކިންގ ކެންސަލް / ރީފަންޑް ސްކޭމް6

ކަރަންސީ އެކްސްޗޭންޖް ސްކޭމް5

އިމްޕަރސަނޭޝަން ސްކޭމް4

އިންވެސްޓްމަންޓް ސްކޭމް1

ޖުމްލަ މައްސަލަ38

ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް އަދިވެސް ދަނީ ފާހަގަކުރެވެމުންނެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ސައްހަނޫން (ފޭކް) ޕޭމަންޓް ސްލިޕްތަކެކެވެ. ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުންނެވެ.

SCAM PREVENTION

ރީފަންޑް ދިނުމުގެ ކުރިން ފައިސާ ޖަމާވިތޯ ޔަގީންކުރައްވާ!

މި ސްކޭމް ހިންގާ ގޮތް

01

ފޭކް ޕޭމަންޓް ސްލިޕް

ފައިސާ ދެއްކިކަމަށް ދެއްކުމަށްޓަކައި ސައްހަނޫން ޕޭމަންޓް ސްލިޕެއް ފޮނުވުން.

02

ބުކިންގ ކެންސަލްކޮށް ރީފަންޑް އެދުން

ކުއްލި ސަބަބެއް ދިމާވިކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް އެދުން.

ރީފަންޑް ދިނުމުގެ ކުރިން ކުރަންޖެހޭ ކަންބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ ލިބިފައިވާކަން ޔަގީންކުރައްވާ. އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ ރީފަންޑް ނުދެއްވާ.

ޕޭމަންޓް ސްލިޕެއް ފެނުމަކީ، ފައިސާ ލިބިފައިވާކަމުގެ ހެއްކެއް ނޫނެވެ.

އެހެންކަމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. އަދި އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ، އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހަނދާންކޮށްދެމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.