ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރުމަށް ޕޯޓަލްއެއް ތައާރަފްކޮށްފި

ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމަށްޓަކައި ”ސިޓިޒަންސް ވޮއިސް“ ގެ ނަމުގައި އިތުރު ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ރައީސްއޮފީހުން މިއަދު ބުނެފައިވަނީ، ’ސިޓިޒެންސް ވޮއިސް’ގެ ނަމުގައި ހުޅުވާލެވުނު މި ޕޯޓަލްއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ ގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ގާއިމްކުރެވުނު ޕޯޓަލްއެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕޯޓަލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެގޮތަށް އިފްތިތާޙުކުރެއްވި ޕޯޓަލްއެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިޕޯޓަލްގެ ޚިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ފެއްޓެވިނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާޙުކުރާނެ އެވެ. މީގެ އިތުރުން މިވަގުތުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

މި ޕޯޓަލްގެ ވެބް އެޑްރެހަކީ Citizens‘ Voice އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.