ރީޖަނަލް ކްލެސިފިކޭޝަން ވަރކްޝޮޕް ފަށައިފި!

ޕެރަލިމްޕިކް ހަރަކާތްތަކުގައި ބައިނަލްއަޤްވާމީ ޕެރަލިމްޕިކް ކޮމިޓީގެ ކްލެސިފިކޭޝަން ނިޒާމު ދެނެގަނެ، ޤައުމީ ފެންވަރުގައި ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ސަރަޙައްދީ މަސައްކަތު ބައްދަލުވުމެއް މާލޭގައި ފަށައިފިއެވެ.

ޔޫތު ހަބުގެ ހޯލްގައި ބޭއްވި ރީޖަނަލް ކްލެސިފިކޭޝަން ވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އަންޑަސްޓޭންޑިންގ އައިޕީސީ ކްލެސިފިކޭޝަން ސިސްޓަމް: ބިލްޑިންގ ނޭޝަނަލް ކްލެސިފިކޭޝަން ކެޕޭސިޓީ ފޯރ ޕެރަލިމްޕިކް މޫވްމަންޓް“ ގެ ނަމުގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ އައިޕީސީ ކްލެސިފިކޭޝަން މޮޑިއުލްތައް އޮންލައިންކޮށް އަމިއްލައަށް ދަސްކުރުމުގެ ސެޝަންތަކެކެވެ.

ދެވަނަ ފިޔަވަހީގެ ގޮތުގައި ބާއްވާ ޢަމަލީ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 އިން 18 ނޮވެމްބަރު 2026 އަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސަރަޙައްދުގެ އެކި ޤައުމުތަކުން ބައިވެރިން ބައިވެރިވާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕެރާ ސްޕޯޓްސް ކްލެސިފިކޭޝަނާ ގުޅޭގޮތުން ސަރަހައްދީ ގައުމުތަކުގެ ކަމާ ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމެވެ. އަދި މި ބައްދަލުވުމުގައި، ކްލެސިފިކޭޝަންގެ މައިގަނޑު އުޞޫލުތަކާއި، އޭގެ މަރުޙަލާތަކުގެ އިތުރުން ޕެރަލިމްޕިކް ހަރަކާތުގައި މި ނިޒާމުގެ މުހިންމުކަން އަންގައިދީ ބައިވެރިންގެ ޤާބިލުކަން އިތުރުކުރާނެއެވެ.

މީގެއިތުރުން، އެ ބައިވެރިއަކު ނިސްބަތްވާ ޤައުމެއްގެ ނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އެންޕީސީ) ތަކުގައި ހަރުދަނާ ޤައުމީ ކްލެސިފިކޭޝަން ނިޒާމެއް ޤާއިމުކޮށް، ތަރައްޤީކޮށް އަދި ހިންގުމަށް ބޭނުންވާ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ވޯކްޝޮޕް ނިމުމުން، ބައިވެރިވެރިންނަށް ކުރެވޭނެ ކަންކަން.

1. ޕެރާ ކުޅިވަރުގެ (Para Sport) ކްލެސިފިކޭޝަންގެ މަޤްޞަދު، އުސޫލުތައް އަދި މުހިއްމުކަން ބަޔާންކުރުން.

2. IPC ކްލެސިފިކޭޝަން ކޯޑުގެ މުހިއްމު ޤަވާއިދުތައް އަދި ޕެރާލިމްޕިކް މޫވްމަންޓަށް ކުރާ އަސަރުތައް އެއް ކުރުން.

3. IPC، IOSD، NPC، ކްލެސިފަޔަރުން އަދި ގުޅުންހުރި އެހެނިހެން ބައިތަކުގެ ޒިންމާތައް ބަޔާންކުރުން.

4. PI، VI އަދި II. ހުރި ކުޅުންތެރިންގެ ކްލެސިފިކޭޝަން ނިޒާމްތައް އެނގުން.

. ކްލެސިފިކޭޝަން ކުރިއަށްދާ މަރުހަލާތައް ބަޔާންކުރުން: އެލިޖިބިލިޓީ ، ސްޕޯޓް ކްލާސް ދިނުން އަދި ސްޕޯޓް ކްލާސް ސްޓޭޓަސް ކަނޑައެޅުން.

. ޤައުމީ އަދި އިންޓަރނޭޝަނަލް ފެންވަރުގައި ކްލެސިފަޔަރުން ތައްޔާރުކުރުމާއި އެމީހުން ތަމްރީނުކުރުމަށް ބޭނުންވާ ޝަރުތުތައް އެނގުން.

. ކްލެސިފިކޭޝަންގައި އާންމުކޮށް ދިމާވާ ދަތިތައް ދިމާވާނެ ގޮތް އަދި އެފަދަ މައްސަލަތައް މަދުކުރުމަށް ނަގަންޖެހޭ މިންގަނޑުތައް ދެނެގަތުން.

5. ޤައުމީ ކްލެސިފިކޭޝަން ނިޒާމެއް ޤާއިމުކުރުމަށް ނުވަތަ އެނިޒާމް ފުރިހަމަކުރުމަށް އަސާސީ ރޯޑްމެޕެއް ތައްޔާރުކުރުން.

މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ސަރަޙައްދީ ފެންވަރުގައި ޕެރަލިމްޕިކް ކުޅިވަރުތައް އިތުރަށް ކުރިއަރައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި އިންޞާފުވެރިކަމާއެކު ވާދަކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.