އީރާނުގެ މަޖިލިސް ރައީސްގެ ވަރުގަދަ އިންޒާރެއް

އީރާނުގެ މަޖިލީހުގެ ރައީސް، އެމެރިކާއާއި އިސްރާއީލުގެ ”ދެބޭނުމަކަށް ބޭނުންކުރާ“ އުމްރާނީ ވަސީލަތްތަކަށް އިންޒާރު ދެއްވައިފި އެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ގާލީބާފް އިންޒާރު ދެއްވާފައިވާ ގޮތުގައި އެމެރިކާ ނުވަތަ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާ ކައިރީގައި ހުންނަ ފެންބަންދުކުރާ ބަނދަރުތަކާއި އިންޖީނުގެތަކަކީ އަސްކަރީ ބޭނުންތަކަށްވެސް ބޭނުންކުރާ ”ޑުއަލް ޔޫސް“ ނުވަތަ ދެބޭނުމަކަށް ބޭނުންކުރާ ތަންތަނުގެ ގޮތުގައި އީރާނުން ބަލާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީރާނުގެ އެންމެ އިސް ނެގޯޝިއޭޓަރުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ގާލީބާފް މިހެން ވިދާޅުވީ އީރާނުގެ ބައެއް ޑޭމްތަކަކީ އެޤައުމުގެ މިސައިލް ޕްރޮގްރާމާ ގުޅުންހުރި ތަންތަނަށް ޚިދުމަތް ދިނުމަށް ބިނާކޮށްފައިވާ ތަންތަން ކަމަށް ބުނެ ނިއުޔޯކް ޓައިމްސްއިން ޝާއިޢުކުރި ރިޕޯޓަކަށް ރައްދު ދެއްވަމުންނެވެ.

’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ގާލީބާފް ވަނީ އެ ރިޕޯޓަށް ފާޑުވިދާޅުވެ އެއީ މަދަނީ އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ އައު ބުރަކަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އޭނާ ލިޔުއްވާފައި ވަނީ، ”މަދަނީ އުމްރާނީ ވަސީލަތްތަކަށް ދޭނެ ދެން އޮތް ހަމަލާތަކަށް ތައްޔާރުވަމުން، އެމީހުންގެ ’މާހިރުން‘ ނިއުޔޯކް ޓައިމްސްއަށް ބުނަނީ، އީރާނުގެ މިސައިލް ސައިޓުތަކާ ކައިރީގައި ހުރި ޑޭމްތަކަކީ ދެބޭނުމަކަށް ބޭނުންކުރާ ތަންތަން ކަމަށެވެ.“

ގާލީބާފްގެ މި ވާހަކަތަކުން ދޭހަވަނީ އެމެރިކާ ނުވަތަ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާ ކައިރީގައި ހުންނަ އުމްރާނީ ވަސީލަތްތަކަކީވެސް މިފަދަ ”ދެބޭނުމަކަށް ބޭނުންކުރާ“ ތަންތަނުގެ ގޮތުގައި އީރާނުން ކަނޑައަޅައި ކުރިމަތިލުމެއް ހިނގައިފިނަމަ ހަމަލާދޭނެ އަމާޒުފަތްތައް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.