ކައްޓަލަ: ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

ފިހެފައި ހުންނަ ކައްޓަލައިގެ މައްޗަށް ޗާޓް މަސާލާ އާއި ލުނބޯ ހުތް ޖަހައިގެން ތައްޔާރުކުރާ ސާދާ ކެއުމަކީ ކެއުމަށް އެންމެ ރަނގަޅު އެއް ބާވަތެވެ.

ކައްޓަލައިގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓީން އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގެ ތެރޭގައި ވިޓަމިން އޭ އަށް ބަދަލުވާ މާއްދާއެކެވެ. އެންމެ ކައްޓަލައަކުން ވެސް އިންސާނާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ބީޓާ ކެރޮޓީން ފޯރުކޮށްދެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ ހަންގަނޑު ދުޅަހެޔޮކޮށްދީ ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމުގެ އިތުރުން ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ކައްޓަލައިގައި ހުންނަ ފައިބަރުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް ދަށްކޮށްދީ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާ އިތުރުކޮށްދެ އެވެ. އަދި އޭގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދޭއިރު އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މާއްދާތަކެކެވެ.

މީގެ އިތުރުން މިއީ ހަށިގަނޑަށް ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދޭ އަދި ލޭގައި ހަކަރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވިޔަނުދޭ ބާވަތެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.

ކައްޓަލަ ކެއުމުގައި ސަމާލުވާންޖެހޭ ކަންތައްތައް

ކައްޓަލައަކީ ފަސޭހައިން ކައްކާލެވޭ ތަރުކާރީއެކެވެ. މިއީ ތަފާތު ގޮތްގޮތަށް ކެއުމުގައި ބޭނުންކުރެވިދާނެ ބާވަތެކެވެ. ނަމަވެސް މާ ގިނައިން ބޭނުންކުރުމަކީ ބައެއް ފަހަރު ގެއްލުން ހުރި ކަމެކެވެ.

ހަކުރު ބަލި ހުންނަ މީހުންނާއި ކާބޯހައިޑްރޭޓްސް މަދުން ކެއުމަށް އިރުޝާދު ދީފައިވާ މީހުން ނުވަތަ ގޮހޮރުގެ މައްސަލަ ހުންނަ މީހުން މި ބާވަތް ބޭނުންކުރުމުގައި ސަމާލުވާންޖެހެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.