ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ވެދާނެކަމުގެ އިންޒާރު ދީފި

ބޭ އޮފް ބެންގާލްގެ ސަރަހައްދުގައި، ސްރީލަންކާގެ އިރުއުތުރުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ’ޑީޕް ޑިޕްރެޝަން‘ އަކަށް ބަދަލުވެފައިވާ ކަމަށް ސްރީލަންކާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ. ނަމަވެސް، މި ކޮޅިގަނޑުގެ ބާރު ގަދަވަމުންދާ ވަރަކަށް ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ކޮޅިގަނޑު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއުތުރުން ގާތްގަނޑަކަށް 640 ކިލޯމީޓަރު ދުރުގައެވެ. މި ސިސްޓަމް ދަތުރުކުރަމުންދާ މިސްރާބާއި އޭގެ ބާރުމިނަށް ބަލާއިރު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ބާރުގަދަ ތޫފާނަކަށް (ސައިކްލޯނިކް ސްޓޯމް) ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި މޫސުމީ މާހިރުން ލަފާކުރާ ގޮތުގައި މާދަމާގެ ވަގުތެއްގައި މި ތޫފާން ހުޅަނގު-މެދުތެރޭ ބޭ އޮފް ބެންގާލް ސަރަހައްދަށް ދަތުރުކުރާއިރު، އިތުރަށް ނުރައްކާތެރި، ބާރުގަދަ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގެ މޫސުމަށް ބަލާއިރު، މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިރޭ އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ނަމަވެސް، މާދަމާއިން ފެށިގެން އުތުރާއި މެދުރާއްޖެތެރެއަށް މައިގަނޑު ގޮތެއްގައި ކެރީގެ އަސަރު ކުރި ނަމަވެސް، ދެކުނުގެ ސަރަހައްދުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކުރިއަށް އޮތް ދެތިން ދުވަހު އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

މިރޭ ވެސް ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.