ތަޖޫބެގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޑރ. މުޢިއްޒަށް

ރޭ ބޭއްވި ”ދިވެހިންގެ ބިން ދިވެހިންނަށް“ ޙަރަކާތުގައި ވަރަށް ޖޯޝާއެކު ވާހަކަ ދައްކަމުން ޝާޒު( ތަޖޫބެ) ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޑރ.މުޢިއްޒުއަށް ރައްދުކޮށްފައެވެ.

އެގޮތުން ކާބަފައިން ޤައުމުގެ ދިފާޢުގައި މިނިވަންކަމާ ދީނަށްޓަކައި ހަނގުރާމަކޮށް ކާމިޔާބު ހޯދީ އެންމެ ”ސޮހޮލެއް“ގެ މައްޗަށް ނޫން ކަމަށާ ބޮޑެތި ގުރާބުތަކާ ދެކޮޅަށް ކަމަށާ އެހެންކަމުން ދިވެހިންގެ ކިބައިގައި އެ ހިތްވަރު އަދިވެސް ހުންނާނެކަމަށް ތަޖޫބެ ފާހަގަކުރި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤައުމީ ޖޯޝް އެންމެ ވަރުގަދަ އެއްބަޔަކީ ދިވެހި ސިފައިންނެވެ. އަޙްމަދު ޝާޒު (ތަޖޫބެ) އަކީ ސިފައިންގޭގައި ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ މީހެކެވެ.

ތަޖޫބެ އިތުރަށް ފާހަގަކުރީ ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު އަދި އިސްލާމް ދީނަށް ނުރައްކާވާ ގޮތަށް ޤައުމުގެ ބިމުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވަޒަންވެރިވެވޭ ގޮތަށް އެމީހުންގެ ވާގިވެރިވާ ބަޔަކަށް ވިއްކާލުމަކީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުވާނެ ކަމެއް ނޫން ކަމަށެވެ.

”ދަންނަވަންތޯ! ޤައުމޯ ޖިހާދަކީ އެހެން އޮންނަކަމެއް ނޫން، ޤައުމީ ޖިހާދަކީ ބައިބޯކުރާއެއްޗެއް ނޫން، އޭގެ ޒާތުގަ ދާނީ ބައިބޯވަމުން، އަޅުގަނޑޫމެންނަށް މިފެންނަނީ އެމަންޒަރ،ު އަޅުގަނޑަށް ހަމަޔަގީން މިހާރު މުޢިއްޒުގެ ހިތް، ޕަންޕެއްހެން ނަގަނަގާފަ ޖެހޭނެ، ބިރުގަންނަށް ޖެހޭނީ، ތިވެރިކަން ނިންމަނަން“ – ތަޖޫބެ

ދިވެހިން ގާތު ދިވެހިންގެ ބިމުން ބޮޑު ބައެއް ދޭން ހޭ ވެސް އަހާނުލާ ނުނިންމޭނެ ކަމަށާއި ކާބަފައިން ޤައުމުގެ މިނިވަންކަމާ ބިމާ ދީނާ އިސްތިޤްލާލު ދިފާޢުކޮށް މި ޖީލުތަކާ ހަމައަށް ވާސިލު ކޮށްދިނީ އެތައް ދުޝްމަނުންނާ ހަނގުރާމަކޮށް ކުރި ހޯދައިގެން ކަމަށެވެ.

އެކިނި ހުރި އެންމެ މީހަކާ ދެކޮޅަށް ނުނިކުމެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށްވެސް ތަޖޫބެ ފާހަގަ ކުރި އެވެ. ތޖޫބެވަނީ ހުކުރު ދުވަހުގެރޭ، ޤައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންވެސް ނިކުމެ ބަސް އިއްވުމަށް ގޮވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.