2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %13.9 އިތުރުވެއްޖެ

2026ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު %13.9 އިތުރުވެއްޖެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތަފާސްހިސާބު ރިޕޯޓް ދައްކާގޮތުން، 2026ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 29.86 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތައިގެ ކުރިއެރުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

2026ވަނަ އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުން، މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޒަކާތު ހައުސްއިންވަނީ ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 ރުފިޔާ ޒަކާތުގެ އެހީގެ ގޮތުގައި ބަހާފައެވެ.

އެހީގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެއީ 9.08 މިލިއަން ރުފިޔާއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާވަނީ ބަހާފައެވެ.

ނޯޓް: މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އެސް.އޭ.ޕީ (SAP) ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެއް ކަމުން، ފަހުން ގެނެވޭ ބަދަލުތަކަކާ ގުޅިގެން ނުވަތަ އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި ތަފާސްހިސާބުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.