ސުލްޙަވެރި ޙައްލެއް ހޯދުމަށް ޤަޠަރާއި ސަޢޫދީ ނުހަނު ބޭނުންވޭ – އެމެރިކާ އޮތީ ހަމަލާދޭންވެއްޖެ ނަމަ ތައްޔާރަށް – ޓްރަމްޕު

އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއިން ނުހަނު ބޭނުންވާ ކަމަށާއި އެހެންނަމަވެސް މުހިންމުވެއްޖެ ޙާލަތެއްގައި އަސްކަރީ ޙަމަލާތައް އަލުން ފެށުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ބުނެއްޖެ އެވެ.

މީގެ އިތުރުނ، މިވަގުތުގެ ޙާލަތަށް ބަލާއިރު އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އެޅުން މުހިންމު ކަމަށް ނުފެންނަ ކަމަށްވެސް ޓްރަމްޕް ނޫސްވެރިންނަށް މަޢުލޫމާތު ދިނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤަޠަރުގެ ބޮޑުވަޒީރާ ބައްދަލުކުރުމަށްފަހު ރޮއިޓާސްއަށް ފޯނު ދިން ކުރު އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ޤަޠަރުން އެދެނީ ސުލްޙަވެރި ޙައްލަކަށް ކަމަށާއި ނަމަވެސް ބޭނުންވި ކޮންމެ ވަގުތެއްގައި ޙަމަލާދިނުމުގެ ފުރިހަމަ ތައްޔާރީގައި އެމެރިކާ އޮތް ކަމަށެވެ.

ޓްރަމްޕާއި ޤަޠަރުގެ ބޮޑުވަޒީރުގެ ބައްދަލުވުމާ ގުޅޭ މަޢުލޫމާތު އެނގޭ ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި، އެ ބައްދަލުވުމަކީ ބިނާކުރަނިވި ބައްދަލުވުމެކެވެ. ނަމަވެސް މިކަމުގައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ.

އަދި އީރާނާ ދެކޮޅަށް އަލުން ޙަމަލާދިނުމުގެ ފުރުޞަތު އެމެރިކާގެ ރައީސް މުޅިން ބަންދުނުކުރައްވާ ކަމަށްވެސް އެ ފަރާތްތަކުން އިތުރަށް ބުނެފައިވެ އެވެ.

mohamed bin abdhu rahman

ޤަޠަރުގެ ބޮޑުވަޒީރު އައްޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ ވިދާޅުވީ ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސްއާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ ވަރަށް ރަނގަޅު މަޝްވަރާތަކެއް ކަމަށެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށާއި އެއްބަސްވުމަކަށް އައުމަށް ބޭއްވުނު މި ބިނާކުރަނިވި މަޝްވަރާތަކާ މެދު އުފާކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.