އިސްރާއީލުގެ އައު ސަރުކާރު އެކުލަވައިލުމުގެ ފުރުޞަޠު އައިޒެންކޮޓްއަށް

އިސްރާއީލުގެ އައު ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް ނަތަންޔާހޫގެ ބަދަލުގައި ގާދީ އައިޒެންކޮޓްއަށް ދެއްވައިފި އެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދާދިފަހުން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ލިބިފައިނުވާއިރު އިދިކޮޅު ލީޑަރު އައިޒެންކޮޓްއާ ސަރުކާރު އެކުލަވައިލުމުގެ މަސްއޫލިއްޔަތު ހަވާލުކުރަން ރައީސް ނިންމެވީ ހޮނިހިރު ދުވަހު އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓްއަށް މިކަމުގެ ރަސްމީ މެންޑޭޓް އާދިއްތަ ދުވަހުގެ ރޭ ހަވާލުކުރެވޭނެ އެވެ.

ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަށް އައިޒެންކޮޓްއަށް ލިބިވަޑައިގަންނަވާނީ 28 ދުވަހުގެ މުއްދަތެކެވެ. އަދި ބޭނުންވެއްޖެ ނަމަ އިތުރު 14 ދުވަސް މި މުއްދަތަށް އިތުރުކުރެވިދާނެ އެވެ.

އޮކްޓޫބަރު 27 ގައި ބޭއްވި އިންތިޚާބުގައި ނަތަންޔާހޫގެ ކަނާތު ފިޔަހުގެ އިއްތިހާދަށް ލިބިފައިވަނީ 53 ގޮނޑިއެވެ. 120 ގޮނޑި ހިމެނޭ ކްނެސެޓްގެ އަޣުލަބިއްޔަތު ހޯދުމަށް 61 ގޮނޑި ބޭނުންވާއިރު ނަތަންޔާހޫގެ ފެކްޝަނަކީ މަޖިލީހުގެ އެންމެ ބޮޑު ގްރޫޕެވެ.

އައިޒެންކޮޓް އިސްވެ ހުންނަވާ އިދިކޮޅު އިއްތިހާދަށް 48 ގޮނޑި ލިބިފައިވާއިރު އަރަބި ޕާޓީތަކުން ވަނީ ރެކޯޑް އަދަދަކަށް އެބަހީ 19 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއާއެކު ސަރުކާރު އެކުލަވައިލުމުގެ މަޝްވަރާތަކުގައި ޢަރަބި ޕާޓީތަކުގެ ދައުރު ވަރަށް ބޮޑުވެގެންދާނެ އެވެ.

މި ހަފުތާގައި ރައީސް ހަރްޒޯގްއާއެކު ބޭއްވި މަޝްވަރާތަކުގައި ޢަރަބި ދެ ޕާޓީންވެސް ވަނީ އައިޒެންކޮޓްއަށް ތާއީދުކޮށްފަ އެވެ. މަންސޫރު އައްބާސްގެ ރާމް ޕާޓީން ބުދަ ދުވަހު އޭނާއަށް ތާއީދުކުރިއިރު ޖޮއިންޓް ލިސްޓުން ބުރާސްފަތި ދުވަހު ވަނީ ތާއީދު ދީފަ އެވެ.

މިއާއެކު އައިޒެންކޮޓްއަށް ތާއީދުކުރާ މެންބަރުންގެ އަދަދު 67 އަށް އަރާފައިވާއިރު ނަތަންޔާހޫއަށް އޮތީ 46 މެންބަރުންގެ ތާއީދެވެ. މީގެ ކުރިން ބޭއްވި ފަސް އިންތިޚާބުގައިވެސް ނަތަންޔާހޫއަށް ތާއީދުކުރި ޔުނައިޓެޑް ތޯރާ ޖުޑައިޒަމް ޕާޓީން މިފަހަރު އޭނާއަށް ތާއީދުކުރަން އިންކާރުކުރި ނަމަވެސް އެ ޕާޓީން އައިޒެންކޮޓްއަށްވެސް ތާއީދުކޮށްފައެއްނުވެ އެވެ.

ޖޮއިންޓް ލިސްޓުން ބުނި ގޮތުގައި އެ ޕާޓީގެ ނިންމުމަކީ ނަތަންޔާހޫ އަލުން ވެރިކަމަށް އައުން ހުއްޓުވުމަށް ރައްޔިތުން އެދޭ އެދުމާ އެއްގޮތަށް ނިންމި ނިންމުމެކެވެ.

އައިޒެންކޮޓްގެ އިއްތިހާދުން މިހާތަނަށް އަރަބި ޕާޓީތަކާއެކު ރަސްމީކޮށް ބައިވެރިވާން ދެކޮޅު ހަދާފައިވީ ނަމަވެސް އެ ޕާޓީތަކުގެ އެހީގައި އަޣުލަބިއްޔަތު ހޯދިދާނެ އެވެ. މީގެ އިތުރުން އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވިފަ އެވެ.

ހޮނިހިރު ދުވަހު ދެއްވި ޚިޠާބެއްގައި ނަތަންޔާހޫ ބުނީ އިސްލާމީ ފިކުރުގެ ޕާޓީތަކަށް ބަރޯސާވާ ސަރުކާރަކުން އިސްރާއީލު އެތެރެއިން ސުންނާފަތިކޮށްލާނެ ކަމަށެވެ. އަދި ޢަރަބި ޕާޓީތަކަށް ބޭރުގެ އެހީ ލިބޭ ކަމަށް ތުހުމަތުކޮށް ޒަޔަނިސްޓް ޕާޓީތައް ހިމެނޭ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް އޭނާ ގޮވާލެއްވި އެވެ.

މީގެ ރައްދުގައި އައިޒެންކޮޓްގެ ޔަޝާރް ޕާޓީން ވަނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން ކަނޑާލައި އައިޒެންކޮޓްގެ ލީޑަރޝިޕްގެ ދަށުން އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ބައިވެރިވުމަށް ލިކޫޑް ޕާޓީއަށް ގޮވާލާފަ އެވެ. އައިޒެންކޮޓް ބުނި ގޮތުގައި އޭނާ މަސައްކަތް ކުރާނީ ޔަޝާރް، ޓުގެދަރ، އިސްރާއީލު ބެއިޓެއިނޫ އަދި ޑިމޮކްރެޓްސް ޕާޓީ ހިމެނޭހެން ކޯލިޝަނެއް އެކުލަވައިލުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އައިޒެންކޮޓްއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅު ބޭފުޅެކެވެ. އަދި އޭނާ އަސްކަރީ ވެރިޔަކަށް ހުރި ދުވަސްވަރު ސަޢޫދީ ޢަރަބިއްޔާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް ވަކާލާތު ކުރައްވައި އީރާނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެ ޤައުމުގެ މެދުގައި ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށް ތާއީދުކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.