ހެނދުނުގެ ނާސްތާގައި މި 5 ބާވަތް ހިމަނާލުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވޭ

ހެނދުނުގެ ނާސްތާއަށް އިޚްތިޔާރުކުރާ ބާވަތްތަކުގެ ސަބަބުން ހަނދާންގަދަވުމާއި ސަމާލުކަން ދެވޭ މިންވަރާއި ނަފްސާނީ ހަކަތައަށް އަސަރުކުރެ އެވެ.

މުއްސަނދި ބައެއް ކާނާއަކީ ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށްދޭ ބާވަތްތަކެކެވެ.
ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވެދޭ ނިއުޓްރިއެންޓްސް ހިމެނޭ ވޯލްނަޓް، ބްލޫބެރީ، ބިސް، މަޝްރޫމް ނުވަތަ އެވޮކާޑޯ ހެނދުނުގެ ނާސްތާގައި ހިމަނާށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިކުނޑިއަށް ފައިދާހުރި ކާނާ އިޚްތިޔާރުކުރުމުން ހަނދާންގަދަވުމާއި ސަމާލުކަން ދެވޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމާއި ދިގުމުއްދަތަކަށް ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދެ އެވެ.

ފައިދާހުރި ހެނދުނުގެ ނާސްތާއެއް ބޭނުންކުރުމަކީ މުޅި ދުވަހު ސަމާލުކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް ހުރިހާ ބާވަތެއްގެ ނާސްތާއަކީ ހަނދާންގަދަކުރުމަށާއި ސަމާލުކަން އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެއް ނޫނެވެ.

ކާނާއާބެހޭ މާހިރު ޑރ. ވެންޑީ ބެޒިލިއަން ހާމަކުރައްވާ ގޮތުގައި ރޭގަނޑުގެ ނިދުމަށްފަހު ސިކުނޑި ބަރޯސާވަނީ އެންމެ ފުރަތަމަ ލިބޭ ކާނާގެ މައްޗަށެވެ. މާބޮޑަށް ޕްރޮސެސްކޮށްފައިވާ ކާނާ ނުވަތަ ހަކުރު ގިނަ ނާސްތާއަކީ ނަފްސާނީ ދުޅަހެޔޮކަން ކުޑަކޮށްދޭ އެއްޗެހި ކަމުގައި ވީނަމަވެސް ބައެއް ބާވަތްތަކުގެ ސަބަބުން ސިކުނޑީގެ ތޫނުފިލިކަން އިތުރުކޮށްދެ އެވެ.

  1. ވޯލްނަޓް
    2025 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި ހެނދުނުގެ ނާސްތާގައި ވޯލްނަޓް ހިމެނި ޒުވާނުންގެ ހަނދާންގަދަވެފައިވާ މިންވަރާއި ކަންކަމަށް އިޖާބަދޭ ދުވެލި ވޯލްނަޓް ނުކާ މީހުންނަށްވުރެ އަވަހެވެ. މިއީ ސިކުނޑީގެ މަސައްކަތްތަކަށް ކުރުމުއްދަތެއްގެ ތެރޭގައި އެދެވޭ ބަދަލުތަކެއް ގެނެސްދޭ ކަމެކެވެ. ވޯލްނަޓް ބޭނުންކުރުމަށްޓަކައި އޯޓްސް ޔޯގަޓް ނުވަތަ އެހެނިހެން ކާނާގެ ތެރެއަށް މުށެއްގެ މިންވަރު އަޅާލެވިދާނެ އެވެ.
  2. ބްލޫބެރީ
    ބްލޫބެރީއަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހަނދާންގަދަކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. ގިނަ ދިރާސާތަކަކުން ދައްކާގޮތުގައި ބްލޫބެރީ ކެއުމަށްފަހު ހަ ގަޑިއިރު ވަންދެން ހަނދާންގަދަވެފައިހުރެ އެވެ. ހަނދާން ބަލިވުމުގެ މައްސަލަ ކުރިމަތިވާ އުމުރުން ދުވަސްވީ މީހުން ގަވާއިދުން ބްލޫބެރީ ބޭނުންކުރުމުން ހަނދާން ބެހެއްޓުމުގެ ގާބިލިއްޔަތު އިތުރުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
  3. ބިސް
    ބިހަކީ ސިކުނޑީގެ މަސައްކަތްތަކަށް މުހިންމު މާއްދާއެއް ކަމަށްވާ ’ކޯލިން‘ ގިނަ އަދަދަކަށް އެކުލެވޭ ކާނާއެކެވެ. މިއީ ކަންކަން ދަސްކުރުމަށާއި ހަނދާން ބެހެއްޓުމަށް ބޭނުންވާ ނިއުރޯޓްރާންސްމިޓަރެއް އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު ބިހެއް ކެއުމުން ހަނދާންގަދަވުމާއި ވާހަކަދެއްކުމުގެ ފަރިތަކަމާއި ސިކުނޑީގެ ދުވެލި ހަލުވިވެ އެވެ. އަދި ކުޑަކުދިންގެ ސިކުނޑި ތަރައްގީވުމަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްސް ބިހުން ލިބިދެ އެވެ.
  4. މަޝްރޫމް
    ނާސްތާގައި މަޝްރޫމް ހިމެނުމުން މީހާގެ މިޒާޖު އެއްވަރެއްގައި ހިފެހެއްޓުމަށާއި ނަފްސާނީ ވަރުބަލިކަން ކުޑަކުރުމަށް އެހީތެރިވެދެ އެވެ. މި އަސަރު ގާތްގަނޑަކަށް ހަ ގަޑިއިރަށް ދެމިގެންދެ އެވެ. މިއީ މެންދުރުފަހު އިހުސާސްކުރެވޭ ނަފްސާނީ ވަރުބަލިކަމުން ސަލާމަތްވުމަށް ހެނދުނު ކުރެވިދާނެ ކަމެކެވެ.
  5. އެވޮކާޑޯ
    އެވޮކާޑޯގައި ހިމެނޭ ’ލޫޓިން‘ އަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު އެންޓިއޮކްސިޑެންޓެކެވެ. މިއީ ހަނދާންގަދަވުމާއި ކަންކަމަށް ހައްލު ހޯދުމުގެ ގާބިލިއްޔަތު އިތުރުކޮށްދޭ މާއްދާއެކެވެ. ދުވާލަކު އެވޮކާޑޯއެއް ކެއުމުން ސަމާލުކަން ދެވޭ މިންވަރު އިތުރުވެ ސިކުނޑީގެ މަސައްކަތްތައް ހަރުދަނާވެ އެވެ. މީގެ އިތުރުން އެވޮކާޑޯގައި ހިމެނޭ ސިއްހަތަށް ފައިދާހުރި ފެޓާއި ފައިބަރުގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުކޮށްދީ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.