އެން.ސީ.ޕީ.އެލް.އީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026 ފަށައިފި

2027 ވަނަ އަހަރުގެ ފުލުހުންގެ މަސައްކަތްތަކުގައި އިސްކަންދޭނެ ކަންކަމާއި އެކްޝަން ޕްލޭން އެކުލަވައިލުމަށް ބާއްވާ ”އެން.ސީ.ޕީ.އެލް.އީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026“ މިއަދު ފަށައިފިއެވެ.އިސްކަންދަރު ކޮށީގައި 2026 ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި މަހާސިންތާއަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (NCPLE) އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް (SPLS) ގުޅިގެން ބާއްވާ ތިން ދުވަހުގެ ބައްދަލުވުމެކެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ މި ކޮންފަރެންސް ބިނާވެފައިވަނީ، ލިބިފައިވާ ޢިލްމާއި، ދިރާސާތަކާއި، އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި ނަތީޖާ ނެރެވޭނެ ފަދަ އަމަލީ މަސައްކަތްތަކެއް ތަރުތީބުކުރުމުގެ މައްޗަށެވެ.
މި މަހާސިންތާގެ ތެރެއިން، ސަރަޙައްދީ ފެންވަރުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ ދާއިރާތަކާއި، އަލަށް ކުރިމަތިވަމުންދާ ނުރައްކާތަކާއި، ދިރާސާތަކުން ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ބައިވެރިން މަޝްވަރާކުރާނެއެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާނެ ގުޅުންހުރި މުހިންމު ކަންކަމާއި، ޙާޞިލުކުރަންވީ ލަނދުދަނޑިތަކުގެ އިތުރުން، އެކި ދާއިރާތަކުގެ މަސްއޫލިއްޔަތުތައް ބައިވެރިން ކަނޑައަޅާނެއެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.