އިސްރާއީލު ޖަލުތަކުގައި ކުރާ އަނިޔާތައް ތަޙްޤީޤުކުރުމަށް ޢަރަބި ލީގުން ގޮވާލައިފި

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް ކުރާ އަނިޔާތައް ތަޙްޤީޤު ކުރުމަށް ޢަރަބި ލީގުން ގޮވާލައިފި އެެވެ.

ރާމްލާ ޖަލުގައި ތިބި ފަލަސްތީނުގެ އަސީރުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާއި ބަދުއަޚްލާޤީ އަމަލުތައް ޢަރަބި ލީގުން ކުށްވެރިކޮށްފި އެވެ. އަދި މިކަންކަން މިނިވަން މުއައްސަސާއަކުން ތަޙްޤީޤުކޮށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި ބައިނަލްއަޤްވާމީ މޮނިޓަރުންނަށް އެއްވެސް ހުރަހަކާ ނުލައި ޖަލުތަކަށް ވަނުމުގެ ހުއްދަ ދިނުމަށް އެ ޖަމާއަތުން ވަނީ ބާރުއަޅާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލުގެ ރާމްލާ ޖަލުގައި ބަންދުކޮށްފައިވާ ގައްޒާގެ އަސީރުންނަށް ދެމުންދާ ނިޒާމީ އަނިޔާތަކާއި އިހާނެތި އަމަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މިނިވަން ތަޙްޤީޤެއް ހިންގުމަށް ޢަރަބި ލީގުން ވަނީ ގޮވާލާފަ އެވެ.

ޢަރަބި ލީގުން ނެރުނު ރަސްމީ ބަޔާނެއްގައި އެ ޖަލުގެ ’ރަކްވެތު‘ ވިންގުގައި ތިބި އަސީރުންނަށް ތަކުރާރުކޮށް ކުރާ ހަމަލާތައް ކުށްވެރިކޮށްފައިވެ އެވެ.

މި ހަމަލާތަކުގެ ސަބަބުން އަސީރުންނަށް ބޮޑެތި ޒަޚަމްތަކާއި ފިހުމުގެ އަނިޔާތައް ލިބެމުންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި އަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާއި އަނިޔާކުރުމާ ދެކޮޅު ބައިނަލްއަޤްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް އެ ޖަމާއަތުން ސިފަކުރެ އެވެ. އަދި މިއީ އިންސާނިއްޔަތާޚިލާފު ޖަރީމާތަކެއް ކަމަށާއި މިކަމުގައި ޤާނޫނީގޮތުން ޒިންމާ އުފުލަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަސީރުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ވަގުތުން ހުއްޓާލުމަށާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އާއި ބައިނަލްއަޤްވާމީ މިނިވަން މޮނިޓަރުންނަށް ޖަލުތަކުގެ ހާލަތު ބަލައި އަސީރުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނެތް ފުރުސަތެއް ދިނުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ޢަރަބި ލީގުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ބަލި މީހުންނާއި ޒަހަމްވެފައިވާ އަސީރުން އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރުމަށާއި ޤާނޫނީ އެއްވެސް އަސާސެއް ނެތި ހައްޔަރުކޮށްފައި ބޭތިއްބުން ވަގުތުން ހުއްޓާލުމަށްވެސް އެ ޖަމާއަތުން ވަނީ ގޮވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.