އީރާނުގެ ދެ ސައިޓެއްގެ ކަންތައް އަދިވެސް ބަލަންޖެހޭ – ޓްރަމްޕް

އީރާނުގެ ދެ ސައިޓެއްގެ ކަންތައް އަދިވެސް ބަލަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ބުނީ ވޮޝިންޓަނުން އީރާނުގެ ނިއުކްލިއާ ގާބިލުކަން ބޮޑުތަނުން ނައްތާލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ބާކީ ހުރި އެއްތަނެއް ނުވަތަ ދެ ސައިޓެއްގެ ކަންތައްތައް ނިންމަންޖެހޭ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ކުރެވިދާނެ ކަމަށް ޓްރަންޕް ދައުވާ ކުރި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފްލޮރިޑާގައި ހުންނަ މާރ-އަ-ލާގޯ އެސްޓޭޓްގައި ބޭއްވި ހެލޮވިން ހަރަކާތެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ ”އަހަރުމެން ވާނީ އެމީހުންގެ ނިއުކްލިއާ ގާބިލުކަން ނައްތާލާފައި. އަދިވެސް އަހަންނަށް ހީވަނީ އެއްސައިޓެއް ނުވަތަ ދެ ސައިޓެއްގެ ކަންތައް ބަލަންޖެހޭހެން ނަމަވެސް ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި އެކަން ކުރެވިދާނެ“ ކަމަށެވެ.

އީރާނަށް ”ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ“ ކަމަށް ޓްރަމްޕް ތަކުރާރުކޮށްފައިވެ އެވެ. އަދި އެއްބަސްވުމަކަށް އައުމަށް ތެހެރާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ވެސް ފާހަގަކުރި އެވެ.

”އެމީހުން ބޭނުންވަނީ އެއްބަސްވުމެއް ހަދަން އެކަން އޮތްގޮތް އަހަރުމެނަށް އެނގޭނެ“ ޓްރަމްޕް

މަޝްވަރާތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓްރަމްޕް އިތުރަށް ބުނީ މަޝްވަރާތައް ”ދަނީ ރަނގަޅަށް ނަމަވެސް އެއީ މާ އިތުބާރު ކުރެވޭ ކަންތައްތަކެއް ނޫން… އެމީހުން އެއްބަސްވުމެއް ހަދާފައި ފަހުން އޭގެއިން ފަހަތަށް ޖެހޭ،“ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތަކުން ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ފޯޑޯ ނަޓާންޒް އަދި އިސްފަހާން ހިމެނޭ ގޮތަށް އީރާނުގެ މުހިންމު ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.

އޭގެ ފަހުން 2026 ވަނަ އަހަރު ވެސް އިތުރު އޮޕަރޭޝަންތަކެއް ހިންގާފައިވާއިރު އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ ގާބިލުކަން ”ފުނޑުފުނޑުކޮށްލާފައިވާ“ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ފާހަގަކުރި އެވެ.

އެމެރިކާގެ އޮފިޝަލުންނާއި ރައީސް ވަނީ ”ޕިކްއެކްސް މައުންޓަން“ ގެ ނަމުން މަޝްހޫރުވެފައިވާ ބިމުގެ އަޑީގައިވާ ސައިޓު ފަދަ އިތުރު ތަންތަން މޮނިޓަރު ކުރަމުންދާ ކަމަށް ވެސް އިޝާރާތް ކޮށްފަ އެވެ.

ޤަޠަރާއި ސަރަހައްދީ އެހެން ޤައުމުތައް މެދުވެރިކޮށް ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ މަޝްވަރާގެ މަގުން އެއްބަސްވުމަކަށް ދިއުން ނުވަތަ އެކަން ”އެއްކޮށް ނިންމާލުމަށް“ އިތުރު ހަމަލާތަކެއް ދިނުމުގެ ތެރެއިން ގޮތެއް އިޚްތިޔާރު ކުރައްވާނެ ކަމަށް ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ތިބި އެމެރިކާގެ ފައުޖުތަކުން ވަނީ ކުއްލި ހާލަތްތަކަށް ތައްޔާރުވެފަ އެވެ.

ފާއިތުވި ހަފުތާތަކުގައި އެއްވެސް ބޮޑު ހަމަލާއެއް ދީފައިވާކަން ކަށަވަރުވެފައެއް ނުވެ އެވެ. އަދި އިތުރު ފިޔަވަޅުތަކެއް އެޅުމާ މެދު ގޮތެއް ނިންމާނީ ނޮވެމްބަރު 3 ގެ މިޑްޓާމް އިންތިޚާބަށް ފަހު ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކޮށްފަ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާތަކަށްފަހު އީރާނުގެ ނިއުކްލިއާ މާއްދާތަކާއި މަރުކަޒުތަކުގެ ހާލަތު ދެނެގަތުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

އެއީ އެ ތަންތަނަށް ވަނުމުގެ ފުރުސަތު މަދުވުމުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.