މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކަށް އެޓޯލްނިއުސް..

ތ. އަތޮޅު މަޑިފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ މީޑިއާ އޮންލައިންކަމަށް އެޓޯލްނިއުސް ހަމަޖައްސައިފިއެވެ.

މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މީޑިއާ ޕާޓްނައަކަށް އެޓޯލްނިއުސްވުމުން މި މުބާރާތުގެ ކޮންމެ މެޗަކާއި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތުތައް ވީއެންމެ އަވަހަކަށް ތާޒާކަމާއެކު އޮންލައިންއަށް އަޕްޑޭޓް ކުރަމުން ގެންދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮންމެ އަހަރެއްގެވެސް ބޮޑުޗުއްޓީ އާދިމާކޮށް މި މުބާރާތް ބާއްވަމުން އަންނަތާ މިއީ 27 ވަނަ އަހަރެވެ. މި ޑިސެމްބަރ މަހުގެ 3 ވާ ހޮނިހިރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ 27 ވަނަ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރުވަނީ 4 ޓީމެއް ބައިވެރިވެފައެވެ.

މި މުބާރާތުގެ ފުރަތަމަ ބުރު ލީގު އުސޫލުން ކުޅުމަށްފަހު އެންމެގިނަ ޕޮއިންޓު ހޯދާ 3 ޓީމު ސެމީއަށް ދަތުރުކުރާނެއެވެ. އަދި ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމު ސެމީގެ ފުރަތަމަ މެޗުގައި ވާދަކޮށް މޮޅުވާ ޓީމަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ލީގުގެ ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މިއަހަރު ބައިވެރިވެފައިވަނީ ވަންހަ ގަބީލާ، ނެކްސަސް ޔުނައިޓެޑް، ވެނޯޒިއާ އެސް ސީ އަދި ޑީސީ ސްޕޯޓްސް ކުލަބެވެ.

ހަމައެކަނި މަޑިފުށީގެ ރައްޔިތުންނަށް ކުޅެވޭ މި މުބާރާތަކީ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުމުވާ އެންމެން އެއްތަނަކުން ބައްދަލުވެ، އެކުވެރި، މަޖާ މާޙައުލެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

މިއީ މި އަތޮޅުގައި ބާއްވާ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތަށްވީ އިރު، މި މުބާރާތް މިހާތަނަށް ބޭއްވިފައިނުވަނީ 2004 ވަނަ އަހަރު ސުނާމީ އެރުމާއިގުޅިގެން އެކަންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.