އެރައިޒް މަޝްރޫޢުގެ ދަށުން 13 ރަށެއްގައި ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފި

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އިނާޖީ (އެރައިޒް) މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް މިހާރު ފަށައިގެން ކުރިއަށް އެބަދެ އެވެ.

މި ޕެކޭޖުގެ ތެރޭގައި ސޯލާ ހަކަތައިގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ހިމެނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ އެރަށްރަށުގެ ރައްޔިތުންނަށް މަޝްރޫޢުގެ ލަނޑުދަނޑިތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ބަޔާންކޮށްދިނުމެވެ.

މީގެއިތުރުން، މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް (ގްރީވަންސް ރެޑްރެސް މެކޭނިޒަމް) އޮޅުންފިލުވައިދިނުން ވެސް މި ސެޝަންތަކުގައި ހިމެނެ އެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށަވިޔަނި ފުނަދޫގެ އިތުރުން ލާމު އަތޮޅު މާބައިދޫ އަދި ކުނަހަންދޫގަ އެވެ.

މި ބައްދަލުވުންތަކުގައި ކަމާގުޅޭ ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ވަނީ މަޝްރޫޢުގެ ޓީމާއެކު ބައިވެރިވެފަ އެވެ. އަދި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫޢާ ގުޅޭގޮތުން ހުށަހެޅި ޚިޔާލުތަކަށް މަޝްވަރާކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.