މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށަނީ..

ކޮންމެ އަހަރެއްގެވެސް ބޮޑުޗުއްޓީ ދުވަސްވަރާއިދިމާކޮށް ކޮޅުމަޑުލު މަޑިފުށީގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް މި ޑިސެމްބަރ މަހުގެ 3 ވާ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ.

މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ 27 ވަނަ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރުވަނީ 4 ޓީމެއް ބައިވެރިވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި 4 ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަނޑައެޅުމަށް ސެމީފައިނަލުގެ ދެމެޗު ކުޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމު ސެމީގެ ފުރަތަމަ މެޗުގައި ވާދަކޮށް މޮޅުވާ ޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުވާ އިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ލީގުގެ ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މިއީ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުމުވުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. އަދި ރައްޔިތުން އެއްތަނަކުން ބައްދަލުވެ، އެކުވެރި، މަޖާ މާޙައުލެއް ޤާއިމުކުރުމަކީވެސް މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް ވަރަށް ރަނގަޅު ފައިސާގެ އިނާމެއް ކަނޑައަޅާފައިވާ ކަމަށާއި މިދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދުގެ ވަރަށްބޮޑު އެހީތެރިކަމެއްވެސް މުބާރާތަށް ލިބޭ ކަމަށެވެ.

“ އަޅުގަނޑުމެން މިއަހަރުވެސް ޗެމްޕިއަން ޓީމަށް ވަރަށް ރަނގަޅު ފައިސާގެ އިނާމެއް ކަނޑައަޅާފަވާނެ. އެކަމަކު އެކަން އިހަށްބާއްވާނީ ސަރޕްރައިޒެއްގެ ގޮތުގައި. ދެން މި މުބާރާތަކީ މި އަތޮޅުގައި ބާއްވާ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް. އަދި މިދާއިރާގެ މަޖިލިސް މެމްބަރު މިކަމަށް (މުބާރާތަށް) ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާ“ ޒުވާނުންގެ ޖަމިއްޔާއިން ބުންޏެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ “ މި މުބާރާތުގައި މުޅިންވެސް ކުޅޭނީ މަޑުފުށީގެ ކުޅުންތެރިން “ ކަމަށެވެ.

މިއަހަރު ބައިވެރިވެފައިވަނީ ވަންހަ ގަބީލާ، ނެކްސަސް ޔުނައިޓެޑް، ވެނޯޒިއާ އެސް ސީ އަދި ޑީސީ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ. މިއީ އެޓޯލްނިއުސް ވުޖޫދަށް އައިފަހުން މިފަދަ މުބާރާތެއްގެ މީޑިއާ ޕާޓްނަރކަން ކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.