އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިޚާބުވުމުގެ ފުރުސަތު އެބައޮތް

އެމެރިކާގެ އިންތިޚާބު: 2026 ގެ މިޑްޓާމް އިންތިޚާބުގައި ފާހަގަކޮށްލެވޭ ދާއިރާތައް.

ޓްރަމްޕާ ދެކޮޅަށް ވަރުގަދަ ސިޔާސީ ރާޅެއް އެރުމުގެ ފުރުސަތު ބޮޑުއިރު، އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިޚާބުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބުތަކަކީ، ޚާއްޞަކޮށް އާ ރައީސެއްގެ ދައުރުގެ ފުރަތަމަ މިޑްޓާމް އިންތިޚާބަކީ، ވައިޓް ހައުސްގެ ސިޔާސަތުތަކާ މެދު ރައްޔިތުން ދެކޭގޮތް ހާމަވާ މުހިންމު މިންގަނޑެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރުގެ އިންތިޚާބަކީ ވެސް މީގެ އިސްތިސްނާއެއް ނޫނެވެ. ޚާއްޞަކޮށް އެމެރިކާގެ ޢަރަބި އަދި މުސްލިމުންނަށް މިއީ ނުހަނު މުހިންމު އިންތިޚާބެކެވެ.

ސަބަބަކީ މި ސަރުކާރުން ރެފިއުޖީންނާއި ހިޖުރަވެރިންނަށް ދަތިކޮށް، އިސްރާއީލަށް ފާޑުކިޔުމާއި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކަށް އަދަބުދީ، އަދި ފާޅުގައި މުސްލިމުންނާ ދެކޮޅު ބަސްމަގު ބޭނުންކުރަމުން ދާތީ އެވެ.

މިކަންކަމުގެ ސަބަބުން ޤައުމީ ސުރުޚީތައް ފުރިފައިވާއިރު، ގިނަ މަައިނޯރިޓީ މުޖުތަމައުތަކުގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށާފަ އެވެ.

މީގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، އެމެރިކާގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

ޕިއު ރިސާޗުން މިދިޔަ ހަފުތާގައި ހާމަކުރި ގޮތުގައި، ޓްރަމްޕްގެ ދައުރުގެ ފުރަތަމަ ދެ އަހަރުގެ އަމަލުތަކަށް ތާއީދުކުރަނީ ކޮންމެ ދިހަ މީހަކުން އެންމެ ތިން މީހުންނެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ހުރިހާ 435 ގޮނޑިއަކަށާއި، ސެނެޓުގެ 100 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރެ އެވެ.

ހައުސްގެ މެންބަރުންގެ ދައުރަކީ ދެ އަހަރު ދުވަހެވެ. ނަމަވެސް، ސެނެޓަރުންނަކީ އިސް ދައުރެއް އަދާކުރާ، އަދި ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެއް ކަމަށްވާއިރު، އެ ބޭފުޅުންގެ ދައުރަކީ ހަ އަހަރު ދުވަހެވެ.

ކޮންމެ ސްޓޭޓެއްގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، ކޮންމެ ސްޓޭޓަކުން ދެ ސެނެޓަރުން ތިއްބަވަ އެވެ.

ނަމަވެސް ހައުސްގެ ގޮނޑިތައް ބަހާލެވިފައިވަނީ އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. މެންބަރުކަން ކުރެވޭނެ ވަކި ދައުރެއް ކަނޑައެޅިފައެއްނޯވެ އެވެ.

އަބްދުލް އެލް-ސައްޔިދު – ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމަށް ވެދާނެތަ؟

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި، ޑިމޮކްރެޓުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ސެނެޓުގެ ފަސް ދާއިރާއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

މިވަގުތު ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަނުންނަށެވެ (47-53). ވޯޓު އެއްވަރުވާ ހާލަތްތަކުގައި ގޮތް ނިންމުމުގެ ބާރު އޮންނަނީ ނައިބު ރައީސަށެވެ. އެއީ މިވަގުތު ރިޕަބްލިކަން ބޭފުޅެކެވެ.

މީގެ ތެރެއިން އެންމެ މުހިންމު އެއް ވާދަވެރިކަމެއް ފެންނަނީ މިޝިގަން ސްޓޭޓުންނެވެ.

އެއީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައްޔިދު އާއި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްގެ ދެމެދުގަ އެވެ. މިޝިގަންއަކީ އާންމުކޮށް ނަތީޖާ އަންދާޒާކުރަން ދަތި ސްޓޭޓެކެވެ.

މީގެ ކުރިން އިންތިޚާބީ މަގާމެއް ފުރާފައި ނުވި ނަމަވެސް، ސައްޔިދު ވަނީ މީޑިއާގައި ވަރަށް ވަރުގަދަ ނުފޫޒެއް އުފައްދާފަ އެވެ. އަދި ކޮންޒަވޭޓިވް ފޮކްސް ނިއުސްގެ ޕްރެޒެންޓަރުން ވެސް ވަނީ އޭނާގެ ހުނަރާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް ތައުރީފުކޮށްފަ އެވެ.

ކުރީގެ ކޮންގްރެސް މެންބަރު އަދި އެފްބީއައި އެޖެންޓެއް ކަމަށްވާ ރޮޖާސްއަށް ޓްރަމްޕްގެ ތާއީދު އޮތްއިރު، އިސްރާއީލަށް ތާއީދުކުރާ ލޮބީ ގްރޫޕްތަކުގެ އެހީތެރިކަން ވެސް އޭނާއަށްލިބެ އެވެ. ’އޭޕެކް ޓްރެކާ‘ ވެބްސައިޓުން ބުނާ ގޮތުގައި އޭނާއަށް މިހާތަނަށް 6 މިލިއަން ޑޮލަރުގެ އެހީ ވަނީ ލިބިފަ އެވެ.

ހޮނިހިރު ދުވަހު ޓެނެސީގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ޓްރަމްޕް ވަނީ ސައްޔިދަކީ ”ހަރުކަށި ފިކުރުގެ ޖިހާދީއެއް“ ކަމަށް ބުނެ، އޭނާއަށް ”މުހައްމަދު“ ގެ ނަމުން މުޚާތަބު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައްޔިދު މި އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، އޭނާ ވެގެންދާނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމަށެވެ.

ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރު ޒޮހްރާން މަމްދާނީއާ ޚިލާފަށް، ސައްޔިދަކީ އެމެރިކާއަށް އުފަން ބޭފުޅަކަށް ވުމުން، މުސްތަގުބަލުގައި އޭނާއަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރުމުގެ ޝަރުތު ވެސް ހަމަވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.