ހިމަންދޫ ސުކޫލު އަންހެން ދަރިވަރުންނަށް ސެލްފް ޑިފެންސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފި

އއ. ހިމަންދޫ ސުކޫލު އަންހެން ދަރިވަރުންނަށް ސެލްފް ޑިފެންސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 12ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ތަމްރީނަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ތަމްރީނުގައި، ދަރިވަރުންގެ މެދުގައި އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ދިފާއުވާނެ އަސާސީ އުކުޅުތައް ދަސްކޮށްދީފައިވެއެވެ.

މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ ހިމަންދޫ ޕޮލިހާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެންކުދިން ބާރުވެރިވުމާއި، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި، އަމިއްލަ ނަފުސުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިތްވަރުލިބިގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.