ފަލަސްތީނުގެ ރެފިއުޖީ ކެމްޕުތަކުން ބޭރުކޮށްލާފައިވާ މީހުންނަށް އަނބުރާ އައުމުގެ ފުރުޞަޠެއް ނުދޭނަން – ނަތްންޔާހޫ

ފަލަސްތީނުގެ ރެފިއުޖީ ކެމްޕުތަކުން ބޭރުކޮށްލާފައިވާ މީހުންނަށް އަނބުރާ އެ މީހުންގެ ގެދޮރަށް އައުމުގެ ފުރުސަތު ނުދޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ބުނެއްޖެ އެވެ.

އޭނާ މިހެން ބުނީ، އެ މީހުން އަނބުރާ އައުމަށް ތާވަލެއް އެކުލަވާލުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކޮށްފައި ވަނިކޮށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރަމް ރެފިއުޖީ ކެމްޕު ކައިރީގައި ހުރެ ދިން ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވަނީ އެ ސަރަހައްދަކީ ”ޓެރަރިސްޓުންގެ މަރުކަޒެއް“ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އިސްރާއީލުގެ އަސްކަރިއްޔާއިން އެ ތަން ސާފުކުރަމުންދާތީ އެކަމަށް ތައުރީފު ކުރި އެވެ.

”އެ މީހުން އަނބުރާ މިތަނަށް ގެންނަން ޖެހޭނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރަކު ވިދާޅުވި އަޑު އަހައިފިން. އެއީ އާންމު ރައްޔިތުންނެއް ނޫން، އެއީ ޓެރަރިސްޓުން،“ ނަތަންޔާހޫ

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ހުޅަނގު އައްސޭރީގެ އުތުރުގައި ހުންނަ ޖެނީން، ނޫރު ޝަމްސް އަދި ތުލްކަރަމް ރެފިއުޖީ ކެމްޕުން އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ ބޭރުކޮށްލާފަ އެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކަކީ އެ ސަރަހައްދުތަކުގައި ހުރި ހަނގުރާމަވެރިންގެ އިންފްރާސްޓްރަކްޗާ ނައްތާލުމަށް ހިންގާ ހަރަކާތްތަކެކެވެ.

ގެދޮރު ދޫކޮށްދާން މަޖުބޫރުވި ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް އަދިވެސް އަނބުރާ އެ މީހުންގެ ގެދޮރަށް ދެވޭގޮތެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.