އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާއާއެކު ސޮއިކޮށްފި

ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ގައި ބައިވެރިވާ އިތުރު ހަތަރު މީޑިއާތަކާއެކު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.

ފަންނާއި ސަގަފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި ސޮއިކުރި ހަތަރު މީޑިއާއަކީ ސަބަބު އޮންލައިން، ހަލި ނިއުސް، މޯލްޑިވްސް ލެޖަރ އަދި ތުޅާދޫ ޓައިމްސްއެވެ. މިމަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނަށް ވުމަށް ހުރިހާ މީޑިއާތަކަށް އަދިވެސް ފުރުސަތު އޮތްކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިޙުތިރާމު އަދާކުރުމުގެ މި މަޝްރޫޢަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޝިޢާރަކީ ”އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ“ އެވެ

”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ގައި ބައިވެރިވާ 34 މީޑިއާ، ޕާޓްނަރުންގެ ގޮތުގައި މިހާތަނަށް ސޮއި ކޮއްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.