ސަޢޫދީން ހަމަލާދިނުމާ ގުޅިގެން، ހޫތީން ވަރުގަދަ ރައްދެއް ދީފި

ޔަމަނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ސަޢޫދީން ހަމަލާދިނުމާ ގުޅިގެން، ރައްދުގައި ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ގޮވާތަކެތީގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވެއްޖެ އެވެ.

ހޫތީން ބުނެފައިވަނީ ސަންޢާއަށް ދިން ހަމަލާތަކާ ގުޅިގެން، އަރާމްކޯގެ ހެޑްކުއާޓަރު ހިމެނޭހެން ސަޢޫދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ހަމަލާދިނުމާ ގުޅިގެން، އަންގާރަ ދުވަހުގެ ރޭ ސަޢޫދީ ޢަރަބިއްޔާގެ އެކި ސިޓީތަކަށް ވަނީ ގޮވުންތަކުގެ އަޑުތަކުން ގުޑައިގެން ގޮސްފަ އެވެ.

ސަޢޫދީ ކޯލިޝަނުން ހަމަލާދިނުމުގެ ކުރިން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ތަންތަން ހުސްކުރުމަށް އިންޒާރު ދީފައިވާއިރު، މި ހަމަލާތަކަކީ ހޫތީންނާއި ސަޢޫދީއާ ދެމެދު އޮތް ހަމަނުޖެހުން އިންތިހާއަށް އިތުރުވެގެން ދިޔަ ކަމެކެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޢާގެ އަލް-ސަބާހާ މަރުކަޒީ ފިއުލް ސްޓޭޝަނަށް އަމާޒުކޮށް ދިން ހަމަލާތަކަށްފަހު އެ ސިޓީގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑު ވަނީ އިވިފަ އެވެ.

މީގެ އިތުރުން، އަންގާރަ ދުވަހުގެ ރޭ ރިޔާދު، ދައްމާމް އަދި ދަހްރާނަށް ވެސް ހޫތީން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކުގެ އަޑުތައް ވަނީ އިވިފަ އެވެ.

ސަޢޫދީ ކޯލިޝަނުން ބުނެފައިވާ ގޮތުގައި ރިޔާދަށް އަމާޒުކުރި މަދުވެގެން ތިން މިސައިލަކާއި ދެ ޑްރޯން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.

ސަޢޫދީގެ ތެޔޮ ކުންފުނި އަރާމްކޯ ހުންނަ ދަހްރާނުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ހޫތީން ވަނީ އަރާމްކޯގެ ތެޔޮ މަރުކަޒުތަކާއި އޮފީސްތަކަކީ ސައްހަ އަމާޒުތަކެއް ކަމަށް ބުނެ، އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އާންމުން އެ ސަރަހައްދުތަކުން ދިއުމަށް އަންގާރަ ދުވަހުގެ ކުރީކޮޅު އިންޒާރު ދީފައެވެ. އަދި ރިޔާދުގެ ބައެއް ތަންތަނަށް ވެސް ހަމަލާދޭނެ ކަމަށް އެ ގްރޫޕުން ބުނެފައިވެ އެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ބުނެފައިވަނީ، ވެރިރަށް ސަންޢާގެ އެއްވެސް ތަނަކަށް ހަމަލާދީފިނަމަ، އޭގެ ރައްދުގައި ސަޢޫދީގެ ވެރިރަށް ރިޔާދަށް ހަރުކަށި އަދި ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށެވެ.

މި އިންޒާރު ދީފައިވަނީ ސައުދީ ކޯލިޝަނުން އަލް-ސަބާހާ ސްޓޭޝަން ކައިރީގައި ތިބި އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމާ ގުޅިގެންނެވެ.

ސަޢޫދީގެ ހަމަލާތަކާ ގުޅިގެން ސަންޢާގެ މަތިން ބޮޑު އަލިފާންގަނޑެއް ފެންނަ ވީޑިއޯތައް އާންމުވެފައިވެ އެވެ.

މި ހަމަލާތައް ދީފައިވަނީ ފާއިތުވި ދުވަސްތަކުގައި ސަޢޫދީގެ އެއާޕޯޓްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ހޫތީން ހަމަލާދީފައި ވަނިކޮށެވެ.

މިއީ ޖުލައި މަހު ހަނގުރާމަ ގަދަވި ފަހުން ޔަމަނުގެ ވެރިރަށް ހުސްކުރުމަށް ސަޢޫދީ ކޯލިޝަނުން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ހޫތީން ބުނެފައިވާ ގޮތުގައި ރެޑް ސީ ޕްރޮވިންސްގެ ހުދައިދާގައި ހުރި ތެޔޮ ކުންފުންޏަކަށް ދިން ހަމަލާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ތަކުރާރުކޮށްދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ހަނގުރާމަ އައު މަރުހަލާއަކަށް ގޮސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމުގެ ބިރު ވަނީ ހީވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވަނީ، ތެލުގެ އަގު މައްޗަށް ޖެއްސުމަށް ހޫތީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ޝަކުވާކުރައްވާފަ އެވެ.

ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބަށް ނުފޫޒު ފޯރުވަން އެ ގްރޫޕުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރަމުން ޓްރަމްޕް ބުނީ، އިންތިޚާބަށްފަހު އެކަމާ ކުރިމަތިލާނެ ކަމަށާއި އެކަން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ހޫތީންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.