
ލޭގެ ޕްރެޝަރު ކުޑަކޮށް މަތީގައި ހުންނަ ބޭފުޅުންނަށް ކަސްރަތު ކުރުން
ސުވާލު:
ލޭގެ ޕްރެޝަރު ކުޑަކޮށް މަތީގައި ހުންނަ ބޭފުޅުންނަށް ކަސްރަތު ކުރުމާ ގުޅޭގޮތުން ލިޔެވިދާނެ ރަނގަޅު އަދި ފުރިހަމަ މަޢުލޫމާތުކޮޅެއް ލިބިދާނެ ތޯ؟
ޖަވާބު:
ޤަވާޢިދުން ކަސްރަތު ކުރުމަކީ ލޭގެ ޕްރެޝަރު ދުޅަހެޔޮ މިންވަރެއްގައި ބެހެއްޓުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ކުރެވިދާނެ ފައިދާހުރި ކަސްރަތުތައް:
ބާރަށް ހިނގުން:
ދުވާލަކު 30 މިނެޓު، ހަފްތާއަކު 5 ދުވަހު ބާރަށް ހިނގުމަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ކަމެކެވެ.
ފެތުން:
މިއީ މުޅި ހަށިގަނޑަށް ލުއިކަން ގެނެސްދީ، ލޭދައުރުވުން ރަނގަޅުކޮށްދޭ ކަސްރަތެކެވެ.
*ފެތުން ޚިޔާރު ކުރާނަމަ ރަނގަޅު ފޯމުގަ ފަތަން ދަސްކުރުން ވ މުހިއްމެވެ.
ބައިސްކަލް ދުއްވުން:
އައުޓްޑޯ ނުވަތަ ސްޓޭޝަނަރީ ބައިސްކަލް ދުއްވުމަކީ ވެސް ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ސަމާލުކަން ދޭންވީ މުހިންމު ކަންކަން:
ފެށުމުގައި ލުއިކޮށް ފެށުން:
ކުއްލިއަކަށް ބުރަ ކަސްރަތުތައް ނުކޮށް، މަޑުމަޑުން ވަގުތާއި ބުރަދަން އިތުރުކުރަމުން ގެންދާށެވެ.
ވާމްއަޕް އަދި ކޫލްޑައުން:
ކަސްރަތު ފެށުމުގެ ކުރިން ގައި ހޫނުކޮށްލުމަށާއި، ނިންމާލުމަށްފަހު މަޑުމަޑުން ހަށިގަނޑު ހަމައަކަށް އެޅުވުމަށް ވަގުތު ދޭށެވެ.
މާބޮޑަށް ބުރަވާ ކަންކަމުން ދުރުހެލިވުން:
މާ ބަރު އެއްޗެހި އުފުލުން ފަދަ ކުއްލިއަކަށް ޕްރެޝަރު މައްޗަށް ދާނެ ކަންކަމުން ދުރުވާށެވެ.
ހަށިގަނޑުގެ ސިގްނަލްތަކަށް ބެލުން:
މޭގައި ރިއްސުން، ބޯއެނބުރުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ކަސްރަތު ހުއްޓާލާށެވެ.
ނޯޓް: ކަސްރަތުގެ އައު ޕްރޮގްރާމެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަކީ އެންމެ ރައްކާތެރި ގޮތެވެ.
މަޢުލޫމާތު: Personal Trainer Ali Shameem – Weight Loss & Fitness Coach



