ކުޑަކުދިން ހަނގުރާމައިގެ ކުރީ ސަފަށް ނިކުންނަނީ ކީއްވެ؟

މަޢުލޫމާތު ދިން އުމުރުން 17 އަހަރުގެ ހަނގުރާމަވެރިއަކު ބުނި ގޮތުގައި، އޭނާ ސަރުކާރަށް ތާޢީދުކުރާ ފައުޖުތަކާ ގުޅުނީ އޭނާގެ އަވަށް ދިފާޢުކުރުމަށެވެ.

ހަމައެއާއެކު، ކުޑަކުދިން ހަނގުރާމައަށް ލޯބިޖެއްސުމަށް ދެވޭ ތަޢުލީމުތަކުގެ ސަބަބުން ކުޑަކުދިން ހަނގުރާމައިގެ ތެރެއަށް ވަންނަ މިންވަރު އިތުރުވަމުންދާކަމުގެ އިންޒާރު އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިބްރާހީމްގެ އުމުރުން އަދި އެންމެ 17 އަހަރެވެ. ނަމަވެސް އޭނާއަކީ ކަލާޝްނިކޯފް ބަޑި ބޭނުންކުރަން ދަންނަ ކުއްޖެކެވެ.

އޭނާ ބުނާ ގޮތުގައި، ރަސްމީކޮށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުގައި އޭނާ ރަޖިސްޓްރީވެފައި ނެތް ނަމަވެސް، އޭނާގެ ބޭބެއާއި ތިމާގެ މީހުންނާ އެކު އޭނާ ދަނީ ހަނގުރާމަކުރަމުންނެވެ.

”ހޫޘީން އަހަރެމެންގެ އަވަށާ ކައިރިވުމުން، އެމީހުން ހުއްޓުވުމަށްޓަކައި އަވަށުގެ ގިނަ ބަޔަކު އަމިއްލަ ހަތިޔާރު ހިފައިގެން ނިކުތް. އޭގެ ތެރޭގައި އަހަރެންވެސް ހިމެނޭ،“ އިބްރާހީމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ ހަނގުރާމައަށް ނިކުތީ ބައްޕަގެ ބަޑި ހިފައިގެން، ސަރުކާރަށް ތާޢީދުކުރާ ރައްޔިތުންގެ ލަޝްކަރާ ގުޅިގެންނެވެ.

”ޔަމަނުގެ މީހަކަށްވީތީ އަހަރެން ބަޑިޖަހަން ދަންނަން. ގޭގައި ކަލާޝްނިކޯފް ބަޑިއެއް އޮވޭ. ކައިވެނި ހަފުލާތަކާއި އެހެނިހެން މުނާސަބަތުތަކުގައި އަހަރެން ބަޑިޖަހަން،“ އިބްރާހީމް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ސިފައިންގެ ވަޒީފާ އަދާކުރުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ. އަދި މި ހަނގުރާމައަކީ ވަގުތީ ކަމެއް ކަމަށާއި، ހަނގުރާމަ ނިމުމުން އޭނާ ބޭނުންވަނީ އޮޓޯމޯޓިވް އިންޖިނިއަރަކަށް ވުމަށްޓަކައި ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.

”އަހަރެމެން މި ހަނގުރާމައިގައި ބައިވެރިވީ ހޫޘީންގެ އަތްދަށުން އަހަރެމެންގެ އަވަށް މިނިވަންކުރުމަށް. އެ މަޤްޞަދު ހާސިލުވުމުން އަހަރެމެން ހަނގުރާމަ ހުއްޓާލާނަން،“ އޭނާ ބުންޏެވެ.

ސަރުކާރަށް ތާއީދުކުރާ ފައުޖުތަކާއެކު ހަނގުރާމަކުރަނީ ހަމައެކަނި އިބްރާހީމެއް ނޫނެވެ.

ޔަމަނުގައި ދާދިފަހުން ކުރިމަތިވި ހަމަނުޖެހުންތަކާއެކު، ކުޑަކުދިން ހަނގުރާމައިގައި ބޭނުންކުރުމުގެ މައްސަލަ އަނެއްކާވެސް ވަނީ ފެންމަތިވެފަ އެވެ.

ހަނގުރާމަކުރާ ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކުރަނީ ކުޑަކުދިން ހޯދައި ހަނގުރާމައިގެ ކުރީ ސަފަށް ނެރޭ ކަމަށެވެ.

އެއްވެސް ފަރާތަކުން ރަސްމީކޮށް ކުޑަކުދިން ހަނގުރާމައަށް ނެރޭކަމަށް އިއުތިރާފެއް ނުވެ އެވެ.

ނަމަވެސް އދ. އާއި، މީޑިއާތަކާއި، އިންސާނީ ޙައްޤުތަކާ ބެހޭ ރިޕޯޓުތަކުން ކަށަވަރުވާ ގޮތުގައި ދެ ފަރާތުންވެސް ކުޑަކުދިން ހަނގުރާމައިގައި ބޭނުންކުރެ އެވެ.

ހަނގުރާމައިގެ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކާ ގުޅޭގޮތުން 2025 ވަނަ އަހަރުގެ މާޗުމަހު އދ. ގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވި ރިޕޯޓުގައިވާ ގޮތުން، 2021 އާއި 2023 އާ ދެމެދު ޔަމަނުގައި ކުޑަކުދިން ހަނގުރާމައަށް ނެރުނު 564 މައްސަލައެއް ވަނީ ރެކޯޑުކުރެވިފަ އެވެ.

މީގެ ތެރެއިން 345 މައްސަލައަކީ ހޫޘީންނާ ގުޅުންހުރި މައްސަލަތަކެވެ. އަދި 210 މައްސަލައަކީ ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި އެމީހުންނާ ގުޅިފައިވާ ޖަމާޢަތްތަކާ ގުޅުންހުރި މައްސަލަތަކެވެ.

ބާކީ ހުރި މައްސަލަތަކަކީ ކާކުކަން ނޭނގޭ ފަރާތްތަކާއި އައި.އެސް ޖަމާޢަތާ ގުޅުންހުރި މައްސަލަތަކެވެ.

އދ. އިން ހާމަކުރި ގޮތުގައި މި ކުދިންގެ އުމުރަކީ 8 އަހަރާއި 17 އަހަރާ ދެމެދެވެ. އޭގެ ތެރެއިން 293 ކުދިން ސީދާ ހަނގުރާމައިގައި ބައިވެރިކޮށްފައިވާކަން ކަށަވަރުވެފައިވާއިރު، 187 ކުދިން ބޭނުންކޮށްފައިވަނީ ސެކިއުރިޓީ ޗެކްޕޮއިންޓުތައް ބެލެހެއްޓުމާއި، މައުލޫމާތު އެއްކުރުމާއި، ޑްރައިވަރުންގެ ގޮތުގަ އެވެ.

ހަނގުރާމައިގެ ކުރީ ސަފުގައި ބައިވެރިވި ކުދިންގެ ތެރެއިން 27 ކުދިންނަކީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.