މައްކާ އެލަޔަންސްގެ ދަށުން ސަޢޫދީ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން ދިފާޢީ ފިޔަވަޅުތައް ވަރުގަދަކުރަނީ

ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށްދޭ ހަމަލާތަކުން ދިފާޢުވުމަށްޓަކައި ގުޅިފައިވާ ދިފާޢީ ނިޒާމެއް ހަރަކާތްތެރިކުރުމަށާއި، ތިން ޤައުމުގެ މެދުގައި ވެފައިވާ ދިފާޢީ އެއްބަސްވުންތަކަށް ވަގުތުން އަމަލުކުރަން ފެށުމަށް ސަޢޫދީ ޢަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.

މީގެ ތެރޭގައި އެއްބަސްވެފައިވާ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ސަޢޫދީ ޢަރަބިއްޔާގައި ވަގުތުން ޤާއިމުކުރުން ހިމެނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނިންމުން އިއުލާނުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރިޔާދުގައި ބޭއްވި ’މައްކާ ޑިފެންސް އެލަޔަންސް‘ ގެ ސްޓްރެޓީޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގަ އެވެ.

މި ކޮމިޓީން ވަނީ އިއްތިހާދުގެ ދިފާޢީ މަސްޢޫލިއްޔަތުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި، ކަނޑައެޅިފައިވާ އަސްކަރީ ބާރުތަކާއި ވަސީލަތްތައް ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވައި، އެ ޤައުމުގައި ޤާއިމުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ވަގުތުން އެޅުމަށް ނިންމާފަ އެވެ.

މި ފިޔަވަޅުތައް ކުރިއަށްގެންދާނީ ތިން ޤައުމުގެ ޤައުމީ ޤާނޫނުތަކާއި އެއްބަސްވެފައިވާ އުސޫލުތަކުގެ ދަށުން، އަސްކަރީ ތައްޔާރީތަކާއި ގުޅިފައިވާ ދިފާޢީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގަ އެވެ.

މި ތިން ޤައުމުން ފާހަގަކުރި ގޮތުގައި، ކޮންމެ މެންބަރު ޤައުމެއްގެ ސަލާމަތަކީ މުޅި އިއްތިހާދުގެ ސަލާމަތާ ގުޅިފައިވާ ކަމެކެވެ. އަދި މައްކާ ޑިފެންސް އެލަޔަންސްގެ ދަށުން އަމަލީ ފިޔަވަޅުތައް އެޅުމަކީ ޤައުމުތަކުގެ އިސްތިޤްލާލާއި ސަލާމަތް ދިފާޢުކުރުމަށް އޮތް ވަރުގަދަ އަޒުމެއް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ސަޢޫދީގެ ދިފާޢީ ވަޒީރު އަމީރު ޚާލިދު ބިން ސަލްމާން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށާއި އިސްލާމީ މުޤައްދަސް ބިނާތަކަށް އަމާޒުކޮށްދޭ ހަމަލާތަކާ ދެކޮޅަށް ތިން ޤައުމުން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި މައްކާ އެލަޔަންސްގެ އޮނިގަނޑުގެ ތެރެއިން، މިފަދަ ހަމަލާތައް ދޭ ފަރާތްތަކާއި އެކަމުގެ ފަހަތުގައި ތިބި ފަރާތްތަކާ ދެކޮޅަށް ގުޅިފައިވާ ދިފާޢީ ބާރުގެ ބޭނުން ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނެރުނު ބަޔާނުގައި، މައްކާ އާއި މަދީނާއަށް އަމާޒުކޮށްދޭ ހަމަލާތަކާއި، ސަޢޫދީގެ ސިޓީތަކަށާއި އާންމުންގެ މުދަލާއި އިޤްތިޞާދީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ތިން ޤައުމުންވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރި އެވެ. މީގެ އިތުރުން، ތުރުކީ އާއި ޕާކިސްތާނުން ވަނީ ސަޢޫދީ ޢަސްކަރިއްޔާގެ ޤާބިލުކަމާއި، ނުރައްކާތަކުން ޤައުމު ދިފާޢުކުރުމުގައި ދައްކަމުންދާ ހުށިޔާރުކަމަށް ތައުރީފުކޮށްފަ އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ޔަމަނުގެ ހޫތީން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ހޫތީންގެ ހަމަލާތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، ޔަމަނުގެ ޤާނޫނީ ސަރުކާރުން ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް މިނިވަންކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.