ސުޕްރީމް ކޯޓުން މަރުކަޒީ ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ނޯޓިސް ފޮނުވައިފި

އިންތިޚާބީ ކޮމިޝަނަރުންގެ ބައިވެރިވުމެއް ނެތި އިންޑީއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ނިންމުންތައް ނިންމަވާ ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން މަރުކަޒީ ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ނޯޓިސް ފޮނުވައިފި އެވެ.

އިލެކްޝަން ކޮމިޝަނުގެ އެހެން ދެ މެންބަރުން ކަމަށްވާ ސުޚްބީރު ސިންގް ސަންދޫ އަދި ވިވެކް ޖޯޝީގެ ލަފަޔާ ނުލައި، ޗީފް އިލެކްޝަން ކޮމިޝަނަރު (ސީ.އީ.ސީ) ގިޔަނޭޝް ކުމާރު އަމިއްލަފުޅަށް ނިންމުންތައް ނިންމަވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި، އެއް ހަފުތާގެ ތެރޭގައި ޖަވާބުދާރީވުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މަރުކަޒީ ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް އަންގައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗީފް އިލެކްޝަން ކޮމިޝަނަރު ގިޔަނޭޝް ކުމާރު، ކޮމިޝަނުގެ އެހެން މެންބަރުންގެ އިއްތިފާގެއް ނެތި އެކަހެރިކޮށް ނިންމުންތައް ނިންމަވާ ކަމަށް ބުނެ، އޭނާ މަގާމުން ސަސްޕެންޑް ކުރުމަށް އެދި ހުށަހެޅި ވަގުތީ އަމުރަށް ސުޕްރީމް ކޯޓުން ވަނީ އިންކާރުކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު ޖޯއިމަލިޔާ ބަގްޗީ އާއި ފަނޑިޔާރު ވީ. މޯހަނާ ހިމެނިވަޑައިގަންނަވާ ބެންޗުން ވަނީ، ކޮމިޝަނުގެ އަނެއް ދެ މެންބަރުންގެ ރުހުމާ ނުލައި ސީ.އީ.ސީ ނިންމުންތައް ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި އެއް ހަފުތާގެ ތެރޭގައި ޖަވާބުދާރީވުމަށް ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ނޯޓިސް ފޮނުވާފަ އެވެ.

ކޯޓުން އިޝާރާތް ކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ ޖަވާބުތަކަށް ރިއާޔަތްކުރުމަށްފަހު، ކޮމިޝަނުގެ އިއްތިފާގާ ނުލައި ސީ.އީ.ސީ ވަކި ނިންމުންތަކެއް ނިންމަވާފައިވާކަން ސާބިތުވެއްޖެ ނަމަ، އެ ނިންމުންތައް މުރާޖައާކުރުން ނުވަތަ ބާތިލުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ޕަޓްނާގެ ރައްޔިތެއް ކަމަށްވާ ރާކޭޝް ކުމާރު ސިންގް އެވެ.

އޭނާގެ ދައުވާގައި އެދިފައިވަނީ މައްސަލަ ނިމެންދެން ގިޔަނޭޝް ކުމާރު ސީ.އީ.ސީގެ މަގާމުން ވަކިކުރުމަށެވެ.

އަދި މި މައްސަލައިގައި ފައިނަލް ގޮތެއް ނިންމެންދެން، ސީ.އީ.ސީގެ މަސްއޫލިއްޔަތުތައް އަދާކުރުން ހުއްޓުވުމަށާއި، އެ މުއްދަތުގެ ތެރޭގައި ކޮމިޝަނުގެ އެންމެހައި ކަންކަން އަނެއް ދެ މެންބަރުން ކަމަށްވާ ސުޚްބީރު ސިންގް ސަންދޫ އާއި ވިވެކް ޖޯޝީގެ އިއްތިފާގުން ނިންމުމަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

މީގެ އިތުރުން، އުފެދިފައިވާ ހުސްމަގާމަށް މެންބަރަކު އައްޔަންކުރާއިރު، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ކޮމިޓީއެއްގެ ލަފާގެ މަތިން އެކަން ކުރުމަށްވެސް ދައުވާގައި އެދިފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.