މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤައުމުގެ ތަރައްޤީގެ ބިންގާ ވަރުގަދަކުރުން: ރައީސުލް ޖުމްހޫރިއްޔާ

މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ދަރިންނާއި މުޅި ޤައުމުގެ ތަރައްޤީގެ ބިންގާ ވަރުގަދަކުރުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި އާންމުކުރައްވާފައިވާ މެސެޖެއްގައި، ޓީޗަރުންނަށް މަރުޙަބާ ދަންނަވައި އެމަނިފާނު ވިދާޅުވެފައި ވަނީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް މުދައްރިސުން އަންނަނީ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިއަށްދާނެ މަގު ޒުވާނުންނަށް ދައްކައިދެމުން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންގެ ޢިލްމީ ޤާބިލުކަމާއި، ނުގުޑާ އަޒުމާއި، ދަރިވަރުންގެ ކުރިމަގަށް އެ ބޭފުޅުން ކުރައްވާ މުހިންމު އަސަރުތަކުގެ އަގުވަޒަންކުރައްވާ ކަމަށާއި، ޤައުމުގެ މުސްތަޤުބަލަށްޓަކައި އެ ބޭފުޅުން ވަމުންދާ ޤުރުބާނީއާއި، ދެއްވާ ޚިދުމަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

މީގެއިތުރުން މުދައްރިސުންގެ މުހިންމު ޒިންމާ ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދިނުމަކީ މިސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި ދަންނަވައި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށާއި، މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި، ވަޒީފާގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަންވެސް ރައީސްގެ މެސެޖުގައި ވަނީ ދެއްވާފަ އެވެ.

މީގެ އިތުރުން، އެންމެހައި ކުދިން ޝާމިލުކޮށްގެން ދޭ ތަޢުލީމު ހަރުދަނާކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން އިޤުރާރުވެފައިވާ ކަމަށް ވެސް މެސެޖުގައި ބުނެފައިވެ އެވެ.

މެސެޖް ނިންމާލަމުން ބުނެފައިވަނީ، މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ދަރިންނާއި މުޅި ޤައުމުގެ ތަރައްޤީގެ ބިންގާ ވަރުގަދަކުރުން ކަމުގައެވެ.

އަދި މުދައްރިސުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ހުނަރުތައް ފުރިހަމައަށް ބޭނުންކުރުމަށް އެހީތެރިވެދޭނެ ފަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބުމަށް ރައީސްގެ މެސެޖުގައި ވަނީ ނަސޭޙަތްތެރިވެފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.