އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ – ވަޒީރު ހީނާ ވަލީދު

އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެކަަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަަވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާހެދި ބަދަލުވެގެންއައިސްފައިވާކަމަށެވެ. މިގޮތުން ދިވެހިންގެ މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކަކީ ޓެކްނޮލޮޖީގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން އައި ބަދަލުތަކާއި އިޖްތިމާޢީގޮތުން ކުރިމަތިވި ބައެއް ކަންތައްތަކާއި، ސިޔާސީ ގޮތުން އުފެދިގެން އައި އޮއިވަރުތަކާއިއެކު އައިސްފައިވާ ބަދަލުތަށްކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިބަދަލުތަކުގެތެރޭގައި ދިވެހިންގެތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖްތިމާޢީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމަޢުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލެއް ނެތިގެންދާކަމީ ކަންބޮޑުވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މުޖުތަމަޢުގެތެރޭގައި މިފަދަ އޮއިވަރެއް އޮތްކަމަށްވިޔަސް ދިވެހިންނަކީ ޒަމާނުއްސުރެން އިހްތިތާމްއަދާކުރުމާ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލުމުގެ ރިވެތި ސިފަ ތައް ގެންގުޅުނު ބައެއްކަން ހަނދާންކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މިގޮތުން ”އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމެއްގެ މަތިން، ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން އިއާދަކޮށް ދިރުވައިއާލާކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.

މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ކާބަފައިންގެ ޒަމާނުގައި ދިވެހީންގެ މުޖުތަމައުތެރޭ ހުރި ރީތި އާދަކާދަތަކާއި އެސިފަތަކަށް މީހުން ހޭލުންތެރިކުރުވާ އެސިފަތަށް އަލުން އަނބުރާ އިއާދަ ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަޝްރޫއު އެކުލަވާލުމަށް ކަމާބެހޭ ގިނަ ފަރާތްތަކާ ބައްދަލުކޮށް ޚިޔާލު ހޯދާ، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. އަދި ކުރެވުނު މަޝްވަރާތަކުގައި މިއަދު މުޖުތަމައު އޮތް ހާލަތާއި އާދަކާދައަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު މިއީ މިހާރު މިކަންކުރުމުގެ މުހިއްމުކަން ބޮޑު މަސައްކަތެއްކަން ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިބަހާ، ތާރީޚާއި، ސަގާފަތާއި އާދަކާދަ ބިނާވެފައި މިވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށްކަމަށާއި، އިސްލާމީ އަސާސްތަކުގެ ތެރޭގައި ބިނާކުރާ މުޖުތަމަޢެއްގައި އެންމެ މުހިންމު އެއްކަމަކީ އިހްތިރާމްކުރުމުގެ ރިވެތި ސިފަކަން ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ.

5 އަހަރު ދުވަހުގެ މުއްދަތަށްް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިިމަޝްރޫޢުގެ ޝިޢާރަކީ ”އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ“ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.