ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ހަމަކޮށްފި

ސްޓޭޓު ބޭންކް އޮފް އިންޑިއާ އިން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި 2019 ގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ނުދައްކާ އޮތް 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ބުނެފައި ވަނީ، މި ފައިސާ ދެއްކުމާއެކުވެސް ތެލާއި ކާޑުގެ ބާވަތްތަކާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓު ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 150 މިލިއަން ޑޮލަރު ދެއްކުން އެކި ފަހަރު މަތިން އެ ގައުމުން ފަސްކޮށްދިނެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދެއްކީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ދެއްކިއެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި ދަރަނި އެއްކޮށް ދައްކައި ވަނީ ނިމިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ނިމިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ފައިސާ ހުރި އަދަދެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ، ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރާ ވާހަކައިގެ އަސާސެއްނެތް ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން މީގެ ކުރިންވެސް ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ފައިސާ ޖަމާކުރުމާއި ދަރަނި ދެއްކުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ދުރާލާ ވަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވެސް ފިނޭންސުން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.