މައްކާއަށް ފުރަތަމަ ފަހަރަށް ވައިގެ ޙަމަލާއެއްގެ އިންޒާރު ނެރެފި

މައްކާއަށް ފުރަތަމަ ފަހަރަށް ވައިގެ ހަމަލާއެއްގެ އިންޒާރު ނެރެ، ހޫޘީންނަށް ސައުދީން ”ރަތް ރޮނގެއްގެ“ އިންޒާރު ދީފި އެވެ.

މި އާދަޔާ ޚިލާފު އިންޒާރު ނެރެފައިވަނީ، ފަހަކަށް އައިސް އީރާނުގެ މަދަދުލިބޭ ހޫޘީން ސަޢޫުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ތަކުރާރުކޮށް ހަމަލާތައް ދެމުންދިއުމާ ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔަމަނުގެ ހޫޘީން މުގައްދަސްވެގެންވާ މައްކާ ސިޓީއަށް ހަމަލާދޭން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މައްކާގެ އިތުރުން ޖިއްދާ އާއި ޠާއިފް ހިމެނޭހެން ސަޢޫދީގެ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅަކަށް ވަނީ ސަލާމަތީ އިންޒާރު ނެރެފަ އެވެ.

މިކަމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ވަނީ ގޯސްވެފަ އެވެ. މިއީ ތާރީޚުގައިވެސް މައްކާގައި ވައިގެ މަގުން ކުރިމަތިވެދާނެ ނުރައްކަލެއްގެ އިންޒާރު ނެރުނު ފުރަތަމަ ފަހަރެވެ.

މި އިންޒާރު ނެރުނީ، މައްކާގެ ދެކުނުން، މަނާ ސަރަހައްދަކަށް ވަނުމުގެ ކުރިން ހޫޘީންގެ ޑްރޯނެއް ސަޢޫދީގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވައި ގޮއްވާލުމާ ގުޅިގެންނެވެ. އީރާނުގެ މަދަދުލިބޭ ހޫޘީންނާއި ސަޢޫދީން އެހީތެރިކަންދޭ ޔަމަނުގެ ސަރުކާރާ ދެމެދު އަލުން ފެށުނު ހަމަނުޖެހުންތަކުގެ ތެރެއަށް ރިޔާޟް ދަމައިގަނެވިފައިވާއިރު، ހޫޘީން ވަނީ ސަޢޫދީއަށް ކަނޑުގެ މަގުން ބަންދުތަކެއް ކުރިމަތިކޮށް، ރަތްކަނޑުގައި ދަތުރުކުރާ ސަޢޫދީގެ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފަ އެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ހަޔޯމް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަދީނާގެ ޕްރިންސް މުޙައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. މި ހަމަލާތައް ދީފައިވަނީ، ޔަމަނުން ފޮނުވާލި ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހޫޘީން ދިން ހަމަލާއެއްގައި ސަޢޫދީން 13 މީހަކު ޒަޚަމްވިތާ އެއް ދުވަސް ފަހުންނެވެ.

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ، އިސްލާމީ 57 ޤައުމުގެ މައްޗަށް އެކުލެވޭ ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ މި ނުރައްކާތެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އިސްލާމީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (އޯ.އައި.ސީ) ގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ ވިދާޅުވީ، ދެ ޙަރަމްފުޅާއި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ”ރަތް ރޮނގެއް“ ކަމަށާއި، ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ކޯލިޝަނުން ފަސްނުޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.