2026 ވަނަ އަހަރުގެ ބެލޮންޑޯ ބަހުސް

އެމްބާޕޭ ގޯލުތަކެއް ޖެހި، ޔަމާލް ތަށިތަކެއް ހޯދި، ނަމަވެސް ހެރީ ކޭން މި ހުރިހާ ކަމެއް ފުރިހަމަކުރި އެވެ.

ހެރީ ކޭން ވަނީ 73 ގޯލު ޖަހައި، ބަޔާން މިއުނިކާއެކު ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަމިއްލަ ހުނަރާއި ޓީމުގެ ކާމިޔާބީ އެއްކޮށްލައިގެން 2025-26 ވަނަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، މިއަހަރުގެ ބެލޮންޑޯއަށް އެންމެ ބޮޑަށް ވާދަކުރާ އެކަކަށް އޭނާ ވަނީ ވެފަ އެވެ.

އިނގިރޭސި ކުޅުންތެރިއަކަށް އެންމެ ފަހުން ބެލޮންޑޯއެއް ލިބުނީ 2001 ވަނަ އަހަރު މައިކަލް އޯވެންއަށެވެ.

ފަރަންސޭސި ކުޅުންތެރިއަކަށް އެންމެ ފަހުން މި އެވޯޑު ލިބުނީ 2025 ވަނަ އަހަރު އޮސްމާން ޑެމްބޭލޭއަށެވެ. އަދި ސްޕެއިންގެ ކުޅުންތެރިއަކަށް އެންމެ ފަހުން މި ޝަރަފު ލިބުނީ 2024 ވަނަ އަހަރު ރޮޑްރީއަށެވެ.

ބަޔާން މިއުނިކާއި އިނގިރޭސި ޤައުމީ ޓީމުގެ ފޯވާޑް ހެރީ ކޭން މިއަހަރުގެ ރަނުގެ ބޯޅަ ހޯދުމަށް ގަދައަށް ވާދަކުރަމުންދާއިރު، އޭނާއަށް އޮތް ގޮންޖެހުމަކީ ހަމައެކަނި އެމްބާޕޭ އާއި ޔަމާލް ފަދަ ކުޅުންތެރިންނެއް ނޫނެވެ.

އޭގެ ބަދަލުގައި، އެ ސީޒަނެއްގައި އެހެން ކުޅުންތެރިން ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް، ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިންނަށް މި އެވޯޑު ދިނުމަށް ބުރަވާ ބުރަވުމެވެ.

ބަޔާން މިއުނިކްގެ ކުޅުންތެރިއަކު މި އެވޯޑާ އެންމެ ގާތަށް ދިޔައީ 2020 ވަނަ އަހަރު އެ ކްލަބުން ތާރީޚީ ހަ ތަށި ކާމިޔާބުކުރުމުން ރޮބަޓް ލެވަންޑޯވްސްކީ އެވެ.

ނަމަވެސް އެ އަހަރު ފްރާންސް ފުޓްބޯލް އިން ނިންމީ އެވޯޑު ނުދިނުމަށެވެ. ޖެހިގެން އައި އަހަރު ލިއޮނަލް މެސީގެ ފަހަތުން ލެވަންޑޯވްސްކީއަށް ލިބުނީ ދެވަނަ އެވެ.

މިއަހަރު ބެލޮންޑޯ ރަސްމިއްޔާތު ކެންސަލްވާނެ ކަމަށް ނުބެލެވުނު ނަމަވެސް، ފުޓްބޯޅައިގެ ހިސާބުތަކުން ކޭން ކުރީގައި އުޅުނަސް، އެންމެ ކުރީގައި އޭނާ ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޢާންމުގޮތެއްގައި ބެލޮންޑޯ ކާމިޔާބުކުރާ ކުޅުންތެރިއަކު ކަނޑައެޅެނީ ދެ ކަމަކަށް ބަލައިގެންނެވެ. އެއީ އަމިއްލަ ގޮތުން ހޯދާ އާދަޔާޚިލާފު ތަފާސްހިސާބުތައް ނުވަތަ ގިނަ ތަށިތަކެއް ކާމިޔާބުކުރާ ސީޒަނަކަށް ބަލައިގެންނެވެ.

ކީލިއަން އެމްބާޕޭ ގިނަ ގޯލުތަކެއް ޖަހާފައިވާއިރު، ލަމީން ޔަމާލް ވަނީ ސްޕެއިންނާއި ބާސެލޯނާއަށް ގިނަ ތަށިތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ނަމަވެސް، ހެރީ ކޭންގެ މައްސަލަ ވަރުގަދަވަނީ އޭނާ މި ދެ ކަންތައްވެސް އެއްކޮށް ފުރިހަމަކޮށްފައިވާތީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.