ނިންޖަކީ ބޮޑު ނިޢުމަތެއް 03

ނިދުމަށް އެންމެ އެކަށީގެންވާ ވަގުތުތައް
ހިތާމައަކީ، ރޭގަނޑު ދިގުދެމިގެންދާ ގޮތަށް ހޭލާ ހުރުމާއި މެންދުރުވާއިރު ހޭލުމުގެ އާދަ މިއަދު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. މިއީ އިސްލާމްދީނުގައި ނުރުހެވޭ ކަމެއްގެ އިތުރުން ތަފާތު ޞިއްޙީ މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ.

ދުޅަހެޔޮ ދިރިއުޅުމެއް ބޭނުންނަމަ، ދީނީ އަދި ދުނިޔަވީ އެންމެހާ މަސައްކަތްތައް ނިންމުމަށްފަހު ރޭގަނޑު އަވަހަށް ނިދަން އާދަކުރާށެވެ. ރޭގަނޑު ނިދުމަކީ ހަމައެކަނި ފިޠުރީ ކަމެއް ނޫނެވެ؛ އެއީ ދުވާލު ނިދުމަށްވުރެ ޞިއްޙީ ގޮތުން ފައިދާ ބޮޑު ކަމެއްވެސް މެއެވެ. މިކަމާ ގުޅޭގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ ( قصص 73 ) 
މާނައީ:

”އަދި އެކަލާނގެ ރަޙްމަތްފުޅުން، ތިޔަބައިމީހުންނަށް ރޭގަނޑާއި ދުވާލު ލެއްވި އެވެ. އެއީ ތިޔަބައިމީހުން ރޭގަނޑުގައި އަރާމުކުރުމަށާއި، (ދުވާލުގައި) އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން (ރިޒުޤު) އެދި އުޅުމަށެވެ. އަދި ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކަ އެވެ.“

މި އާޔަތުގެ އަލީގައި އަޅުގަނޑުމެންނަށް އެނގެނީ ދުވާލު ވަޤުތު މަސައްކަތުގައި ހޭދަކުރުމަށާއި ރޭގަނޑު ނިދުމަށް ހޭދަކުރުން މާ ރަނގަޅު ކަމެވެ. ޙަޤީޤީ ބޭނުމެއް އޮވެގެން މެނުވީ ރޭގަނޑު ހޭލާ ނުހުންނާށެވެ. އަދި ބޭކާރު ކަންކަމުގައި ދުވާލުގެ ވަޤުތުތައް ބޭކާރު ނުކުރާށެވެ.

ނިދިނައުމަށް ފަސް ފަރުވާއެއް:

  1. ނިދަން އުނދަގޫވާނަމަ إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا (އަލް އަޙްޒާބް 56) މި އާޔަތް ކިޔުމަށްފަހު ކީރިތި ރަސޫލާ صَلَّى الـلّٰـهُ عَلَيْهِ وَاٰلِهٖ وَسَلَّم ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. އިރާދަކުރެއްވިއްޔާ އަވަހަށް ނިދި އަންނާނެ އެވެ.
  2. ސޫރަތުއް ނަބައުގެ 9 ވަނަ އާޔަތް وَجَعَلْنَا نَوْمَكُمْ سُبَاتًا ތަކުރާރުކޮށް ކިޔަވާށެވެ. ﷲގެ އިރާދަފުޅާއެކު އަވަހަށް ނިދޭނެ އެވެ.
  3. ރޯ ފިޔާ ކެއުމުން ނުވަތަ ކަނޑާފައި ހުރި ފިޔާ ކިރަށް އަޅައިގެން ބުއިމުން ނިދި އައުމަށް އެހީތެރިވެދެ އެވެ.
  4. ތަދެއްގެ ސަބަބުން ނުވަތަ އެހެންވެސް އުނދަގުލެއްގެ ސަބަބުން ނިދަން އުނދަގޫވާ މީހާގެ ކައިރީގައި لَا اِلٰهَ اِلَّا اللهُ ގިނަގިނައިން ކިޔަވާށެވެ. މީގެ ސަބަބުން ނިދުމަށް އެހީތެރިވެދޭނެ އެވެ. ﷲގެ ރަޙްމަތާއެކު، ބަލި މީހާގެ ކައިރީގައި މިފަދައިން ކިޔެވުމުން ބަލިން އަވަހަށް ފަސޭހަވާނެ އެވެ. (ނަމަވެސް ބަލިމީހާއަށް ކިޔަވާ އަޑު އިވިގެން އުނދަގޫ ނުވާނޭހެން މިކަން ކުރާށެވެ).
  5. لَا اِلٰهَ اِلَّا اللهُ ސާދަ ފަހަރު ކިޔަވައި އަމިއްލަ ހަށިގަނޑަށް ފުމޭށެވެ. އިރާދަކުރެއްވިއްޔާ އަވަހަށް ނިދި އަންނާނެ އެވެ.

ނިދުން ރަނގަޅު ނޫން ވަގުތުތައް:
ޢަޞްރު ނަމާދަށްފަހު ނިދުމަކީ ބުއްދިވެރިކަން ކުޑަވާ ކަމެކެވެ. ކީރިތި ރަސޫލާ صَلَّى الـلّٰـهُ عَلَيْهِ وَاٰلِهٖ وَسَلَّم ޙަދީޘްކުރައްވާފައިވާ ބަހެއްގެ މާނައިގައިވެ އެވެ. ”ޢަޞްރު ނަމާދަށްފަހު ނިދައި، އެމީހެއްގެ ބުއްދިއަށް އުނިކަމެއް އަތުވެއްޖެނަމަ، އެމީހަކު އަމިއްލަ ނަފްސު ފިޔަވައި އެހެން މީހަކު ކުށްވެރި ނުކުރާށެވެ.“

ހެނދުނުގެ ކުރީކޮޅު ވަގުތާއި، މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު ނިދުމަކީވެސް ނުރުހެވޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.