އަލަށް ހުޅުވާ އެކައުންޓުތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އެ ބޭންކުގެ ”އިސްލާމިކް ފައިނޭންސް ފަސްޓް“ ޕޮލިސީގެ ދަށުން، އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދޭން ފަށައިފިއެވެ.

މީގެ އިތުރުން، މި ޕޮލިސީގެ ދަށުން އާންމު ފަރުދުން މިހާރު ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައްވެސް ޝަރުއީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންތިޒާމު މިއަދުން ފެށިގެން ބީއެމްއެލް އިން ވަނީ ހަމަޖައްސައިދީފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބީއެމްއެލް އިން ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެ ބޭންކުގެ ހުރިހާ ބްރާންޗެއް ވަނީ އިސްލާމިކް ބޭންކިންގ ބްރާންޗްތަކަކަށް ބަދަލުކުރެވިފައެވެ. އަދި މިހާރު އެ ބްރާންޗްތަކުން ޚިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.

ގައުމީ ބޭންކުން އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ފަންޑު އެހެނިހެން ފަންޑުތަކާ މުޅީން ވަކިކޮށްގެންނެވެ. އަދި މި ޚިދުމަތްތައް ފޯރުކޮށްދެނީ ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު ބީއެމްއެލް އިސްލާމިކް ޚިދުމަތް ތައާރަފުކުރި ފަހުން މިވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި ޝަރުއީ ހަމަތަކަށް ފެތޭ ބޭންކިންގ ޚިދުމަތްތަކަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.