ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފޭދޫގެ 70 ގެއަކަށް ބޮޑެތި ގެއްލުން ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ބޮޑެތި ގެއްލުންތައް ވެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، އައްޑޫގެ އެކި އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ގެތަކަށް ފެންވަދެގެން ފޭދޫގެ އިތުރުން މަރަދޫން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އިއްޔެ އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބުނު ނަމަވެސް، މިއަދުގެ ހެނދުނާ ހަމައަށް އެ އަދަދު ވަނީ 70 އަށް ވުރެ މައްޗަށް އަރާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެންޑީއެމްއޭއިން ބުނި ގޮތުގައި، ފޭދޫގައި ފެންބޮޑުވި ގެތަކުގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ، ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅި، އެއްވެސް ވަރަކަށް ދިރިނޫޅެވޭ ވަރަށް ހާލަތު ވަނީ ގޯސްވެފައެވެ. އަދި އެ ގޭގައި ދިރިއުޅޭ އާއިލާގެ އަށް މީހުން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، އައްޑޫ ސިޓީ މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް ވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާކަން އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ފުވައްމުލަކުގެ ވެސް ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވެފައިވާ ހުރިހާ ރަށްރަށުގައި ވެސް ފެންހިންދުމާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދިވެހި ސިފައިންނާއި، ފުލުހުންގެ އިތުރުން ކަމާބެހޭ ކައުންސިލްތަކުން މިހާރު ވެސް ދަނީ މެދުނުކެނޑި ހަރަކާތްތެރިވަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.