
ޑރ. ޝަހީމް ތ. ތިމަރަފުށީގެ ފުރަތަމަ ޙާފިޡް އާ ބައްދަލުކުރައްވައިފި
ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި ޢުމުރުން 16 އަހަރުގެ އަލްޙާފިޡާ ފާޠިމަތު ފަރްހާ ފަރުހާދު (އިރުވައިގެ، ތ. ތިމަރަފުށި) އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގަ އެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡާ ފާޠިމަތު ފަރްހާ ފަރުހާދު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފަ އެވެ.
އަލްޙާފިޡާ ފާޠިމަތު ފަރްހާ ފަރުހާދު ޙާފިޡުކަމުގެ ސަނަދު ހާސިލްކުރީ 1 ސެޕްޓެމްބަރ 2026 ގައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ ޒުވާން ޚަޠީބުން އުފެއްދުމާޢި ހަގު ޙާފިޡުން އުފެއްދުމަށް ބުރަ މަސައްކަތެއް ކުރައްވަމުން އަންނަ ވަޒީރެކެވެ.



